ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރެއް ނެރެދީފި

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑާރ ކުރިކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރިތާ ގިނަ އިރުތަކެއް ނުވެ، އެމަނިކުފާނު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރެއް ނެރެދީފި އެވެ.

ފުލުހުން ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން، ކްރިމިނަލް ކޯޓުން އެދުމުން ރައީސް ޔާމީން ފުރުން މަނާކޮށް 07 ދުވަހުގެ އަމުރެއް އެ ކޯޓުން ނެރެދީފައިވާ ކަމަށެވެ.

ރައީސް ޔާމީން ފުރުން މަނާކޮށް އަމުރު ނެރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން، މީޑިއާ އޮފިޝަލް ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް އެދުމުން ހަތް ދުވަހުގެ އަމުރެއް އެ ކޯޓުން ނެރެދީފައިވާ ކަމަވެ.

ފުލުހުން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ އިތުރު މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަމުންދާތީ ތޯ ސުވާލު ކުރުމުން ޖަވާބެއް ދީފައި ނުވެ އެވެ. އަދި ކޯޓުގައި ހިނގާ މައްސަލައަކަށް ފުލުހުން އެ އަމުރަށް އެދެންވީ ސަބަބަބާއި މެދު ސުވާލު ކުރުމުން ވެސް ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާއިރު އެއީ ރ. ފުއްގިރީގެ މުއާމަލާތުގެ މައްސަލައަކާއި ވ. އާރަށުގެ މައްސަލައެކެވެ. މި ދެ މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިން އާއި ރިޝަވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރުނުއިރު ރައީސް ޔާމީން ސުޕްރީމް ކޯޓުގައި މިނިވަންވީ ގއ. ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ތީ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: