ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮވިޑުގެ އެކްޓިވް ކޭސެސްގެ އަދަދު 228 އަށް!

އޭއީއެޗްގެ ޓެސްޓިން ލެބޯޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޮވިޑު ހާލަތު ކޮންޓްރޯލު ނުކުރެވި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު 228 އަށް އަރައިފިއެވެ.

އައްޑޫ އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިން ރޭ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އާއި ހަމައަށް ޕޮޒިޓިވް ވެފައިވަނީ 23 މީހުންނެވެ. މި 23 މީހުންގެ ތެރެއިން 4 ކޭސް ފެނިފައިވަނީ ހުޅުދޫ އިންނެވެ. އަދި ހިތަދޫ އިން 19 ކޭސް ފެނިފައިވާ ކަމަށް އޭއީއޯސީ އިން މައުލޫމާތު ދެއެވެ.

އައްޑޫގައި މިހާރު ކޮވިޑުގެ ބަލިއަށް ފަރުވާ ހޯދަމުންދާ 228 އެކްޓިވްގެ ތެރެއިން 4 ފަރާތަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިހާތަނަށް އައްޑޫގައި ކޮވިޑު ބަލީގައި 11 މީހަކު ވަނީ ނިޔާވެފަ އެވެ.

ކޮވިޑުގެ ހާލު ގޯސް ވުމާއި ގުޅިގެން އައްޑޫ ކައުންސިލުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން 29 ނޮވެމަބަރުން ފެށިގެން ފެށިގެން އަޅަން ނިންމާފައިވާ އެ ފިޔަވަޅުތަކުގެ ތެރޭގައި، އާންމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމާއި ސްކޫލު ކިޔެވުން ފިޔަވައި އެހެން ހުރިހާ ހަރަކާތެއް ހުއްޓާލުން އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާ ކުރުން ހިމެނެއެވެ.

އިތުރު ފިޔަވަޅުތައް އެޅިނަމަވެސް ކުރިއާއި އެއްގޮތަށް އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: