ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޙްރަވީ ހަޔާތް ބާއްޖަވެރިކުރުމަށް ދުނިޔޭގައި ހެޔޮ ގޮތުގައި އުޅެން ހުތުބާގައި ގޮވާލައިފި

ހުކުރު ނަމާދު ކުރުން/ ފޮޓޯ އިސްލާމިކް މިނިސްޓްރީ:-
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަކީ ވަގުތީ އުފަލާއި އަރާމު ލިއްބައިދޭ ތަނަކަށް ވުމާއި އެކު، ދާއިމަށް އޮތް އުޙްރަވީ ހަޔާތް ބާއްޖެވެރިކުރުމަށް، ދުނިޔޭގައި ހެޔޮ ގޮތުގައި އުޅުމަށް މިއަދު ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ހުތުބާގައި ބުނެފައި ވަނީ ދުނިޔެއަށް އިންސާނާ ފޮނުއްވީ، ހެޔޮ ގޮތުގައި ދުނިޔެ އިމާރާތްކޮށް، ހެޔޮ ގޮތުގައި މާތް ﷲ އަށް އީމާންވުމާއި އެކު ދުނިޔެއިން ފައިދާ ލިބިގަތުމަށާއި އުޙްރަވީ ހަޔާތަށްޓަކައި ބާއްޖެވެރިކޮށް އުޅުމަށް ކަމަށެވެ.

ހުތުބާގައި ވަނީ ނެތުމުގެ ތެރެއިން އިނާސާނާ ވުޖޫދަށް ގެނެސް، ހުރިހާ ނިއުމަތްތަކެއް ދެއްވައި، ސީދާވެގެންވާ މަގު އިންސާނާ އަށް ދައްކަވާފައި ވަނީ މާތްﷲ އަށް އަޅުކަން ކުރުމަށް ކަމަށެވެ. އަދި އިންސާނާއަށް ގެއްލުންހުރި ގޮތާއި ފައިދާހުރި ގޮތް ވެސް އެކަލާންގެ ބަޔާންކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި މިއަދު ވަނީ ބުނެފަ އެވެ.

އެހެންކަމުން ދުނިޔޭގައި ހޭދަ ކުރާ މަދު ވަގުތުކޮޅު ވޭތު ކުރުމަށްފަހު ދާއިމީ ހަޔާތަށް އިންސާނާ ދަތުރުކުރާނެ ކަމަށް އެކަލާނގެ އަންގަވާފައިވާއިރު ދުނިޔެވީ އެދުންތަކާއި އިންސާނާ މަޝްއޫލުވުމުގެ ސަބަބުން އުހްރަވީ ހަޔާތް ބީވެގެން ދިޔަ ނުދިނުމަށް ހުތުބާ ގައި ގޮވާލި އެވެ.

ހަމައެއާއެކު ހުތުބާގައި ވަނީ އިންސާނުން ދުނިޔޭގެ އެދުންތަކަށް ހެއްލި ދަނީ ދުނިޔޭގައި ހިތްފަސޭހަ ކަމާއި ތަނަވަސްކަމުގައި އުޅުމުގެ ބޭނުންމުގައި ކަމަށް ބުނެފައެވެ. ނަމަވެސް މީހެއްގެ ދިރިއުޅުން ބާއްޖެވެރި ދިރިއުޅުމަކަށް ވާނީ ، މާތް ﷲ އަށް ތަގުވާވެރިވެގެން ކަމަށާއި، މާތް ﷲ އެންގެވި ގޮތަށް އަމަލުކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: