ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ. މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މަތިވެރި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ:- އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށް މަސައްކަތް ފަށައިފިއެވެ.

ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މަތިވެރީގައި ބޭއްވި ރަސްމިއްޔާތުގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އަދި މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން މުހައްމަދު އަބްދުﷲ ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން މަތިވެރީގައި ފެސިލިޓީ ބިލްޑިންގުގެ އިމާރާތްކުރުމާއި އެކު 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިންގުގެ އިމާރާތްކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓު ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗަރ އިން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 38.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: