ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 5 މެންބަރުން ސޮއިކޮށް ނެރުނު ބަޔާނަކީ ނާތަހުޒީބު ބަޔާނެއް: އިދިކޮޅު ކައުންސިލަރުން

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން / ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 5 މެންބަރުން ސޮއިކޮށް ނެރުނު ބަޔާނަކީ ނާތަހުޒީބު ބަޔާނެއްކަމަށް ޕީޕީއެމްއަށް ނިސްބަތްވާ 12 ކައުންސިލަރުންނާއި މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ޕާކިން ގާޖައަށް އެދި 969 އިން ފޯމު ހުށަހެޅި އެވެ. 10 ސަރަހައްދަކުން ޕާކިން ޒޯން ކުއްޔަށް ދޫކޮށްފައި ވަނީ 350 ކިލޯ އުފުލޭ ޕިކަޕުތަކާއި ކާރު އަދި ވޭނުތަކަށެވެ.

މި ސްލޮޓުތަކަށް ގުރު ނެގުމުގެ ރަސްމިއްޔާތު، މާލެ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލައިވްކޮށް ކުރިޔަށް ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެރޭގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ސްލޮޓަށް ކުރިމަތިލި ހުރިހާ އެންމެންނަށް ސްލިޕް ނަމްބަރެއް ހަވާލު ކުރި ކަމަށެވެ. އަދި ގުރުއަތު ނަގާނީ އެ ސްލިޕް ނަމްބަރުކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ސިޓީ ކައުންސިލުން ބުނީ އެއް އައިޑީ ކާޑު ނަމްބަރުގައި އެއް އުޅަނދަށް ވުރެ ގިނަ ރެޖިސްޓްރީ އޮތުމެވެ. އެހެން ކަމުން މަސްލަހަތަށް ރިއާޔަތްކޮށް ނަމްބަރުތަކެއް ދިނީކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

މީހާގެ އެއްވެސް އިތުރު މައުލޫމާތެއް ނެތް ސްލިޕް ނަމްބަރަކުން ސްލޮޓް ލިބޭ މީހުން ކަނޑައެޅި މައްސަލަ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ. އިދިކޮޅުގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލާއި ދެކޮޅަށް މި މައްސަލައިގައި އެމްޑީޕީގެ ފަސް ކައުންސިލް މެމްބަރަކު ސޮއިކޮށް ބަޔާނެއް އާއްމު ކުރި އެވެ. މި ބަޔާނުގައި އެމްޑީޕީގެ ފަރާތުން ސޮއި ނުކުރަނީ މައްޗަން ގޯޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސަމީރު އެކަންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ގުރު ނެގީ ކޮން ހަމައަކުން، ކޮން ގޮތަކުން އިންތިޒާމުކޮށްގެން، ކޮން އިޖުރާޢަތުތަކެއްގެ މައްޗަށް ތަރުތީބުވެގެން ކަން ސާފު ނުވާ ކަމަށެވެ. ގުރު ނެގުމުގެ އިންތިޒާމު ކުރީ އެ މަސައްކަތަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަށައެޅުއްވި ކޮމިޓީއަށް އެނގުމަކާއި ނުލައި އަދި ކޮމިޓީގެ ބައިވެރިވުމެއް ނުވަތަ ލަފައެއް ނެތި ޑެޕިއުޓީ މޭޔަރު ނަރީޝްކަމަށް އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ކައުންސިލަރުން އާއްމު ކުރި ބަޔާނާއި ދެކޮޅަށް، ޕީޕީއެމްގެ ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނީ މާލޭގައި އަގުދައްކައިގެން ޕާކުކުރުމަށް ހަދާފައިވާ ސްލޮޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުނެގުމާއި ބެހޭގޮތުން ރައްޔިތުންނަށް އޮޅުންއަރާގޮތަށް މާލޭ ސިޓީ ކައުންސިލުން އާއްމު ކުރި ބަޔާނުގައި ބުނީ ގުރުނެގުމުގެ ކަންކަން ޑިސެންބަރ 5 ވަނަ ދުވަހުގެރޭ 9:00 ގައި ބާއްވަން ހަމަޖައްސައި ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހޮވޭ ފަރާތްތައް ބެލުމަށް ބޭއްވި ގުރުނެގުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި ކޮމެޓީގައި ހިމެނޭ ހުރިހާ މެންބަރުންނަށް އެންގި ކަމަށެވެ.

އަދި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ވެސް ގުރުނެގުމާބެހޭ ކަންކަން ކުރިއަށް ގެންދާނެގޮތުގެ ތަފްސީލެއްވެސް ހިއްސާކުރެވިފައިވާކަމަށް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ގުރުނެގުމުގެ ހުރިހާކަމެއް ކުރިއަށް ގެންގޮސްފައި ވަނީ ކޮމެޓީގައި ހިމެނޭ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފާތިހު ފިޔަވާ ދެންތިބި 6 މެންބަރުންގެ ތާއީދާއެކުކަމަށް ވާއިރު އެމްޑީޕީގެ އެހެން ކައުންސިލް މެމްބަރުން ހިމެނޭކަން ބަޔާނުގައި ފާހަގަ ކުރި އެވެ.

ގުރު ނެގުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ޕާކިންގ ސްލޮޓްތަކަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކަށް ދީފައިވާ ފޯމު ނަންބަރުތަކެއް ކަމަށާއި އެއް ފަރާތަކުން ހުށަހަޅައިފައިވާ އެއް ހުށަހެޅުމަކަށް 2 ނަންބަރު ދީފައި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށް އިދިކޮޅު ކައުންސިލަރުން ބުންޏެވެ.

ގުރުހޮވުމާ ބެހޭގޮތުން ރައްޔިތުންނަށް އޮޅުން އަރާގޮތަށް މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ނެރެފައިވާ ނޫސްބަޔާނަކީ ވަރަށް ނާތަހްޒީބު އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ނެރެފައިވާ ނޫސްބަޔާނެއްކަން ޕީޕީއެމްއަށް ނިސްބަތްވާ 12 ކައުންސިލަރުންނާއި މޭޔަރ ވަނީ ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: