ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތަށް ބޮޑު ކަމު ދިޔަ މީހާ ދޫކޮށްލީ ނަފްސާނީ ބަލީގެ މީހަކަށް ވާތީ، ޑޮކްޓަރުންގެ އިރުޝާދަށް: ފުލުހުން

މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއްގައި ހައްޔަރު ކުރި މީހާ ބަލި ހާލަތު ހުރިގޮތުން ކަމަށްބުނެ ދޫކޮށްލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމުގޮސް، އިތުރު 2 މިސްކިތެއްގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ހައްޔަރު ނުކުރާ ކަމަށާއި، އޭނާ ދޫކޮށްލީ ހާލު އިތުރަށް ގޯސް ވެދާނެތީ ކަމަށް ފުލުހުން ބުނެފިއެވެ.

“ސަންގު” އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫގެ މިސްކިތަކަށް ބޮޑުކަމު ގޮސް، އެހެން ދެ މިސްކިތަކަށް ގެއްލުން ދިން އުމުރުން 46 އަހަރުގެ މީހާ ފުލުހުން ހައްޔަރު ނުކުރާކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން މި މީހާ ދޫކޮށްލާފައި ވަނީ، ބަހައްޓާ ޑޮކްޓަރަށް ދެއްކުމަށް ފަހު، އޭނާގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް އިރުޝާދު ދިނުމުންނެވެ. ސިކުނޑީގެ އުނިކަމެއް ހުރުމާއި އެކު، ޑޮކަޓަރުގެ ލަފާއާއި އެކު އޭނާ ވަނީ އެ ދުވަހު އާއިލާއާއި ހަވާލުކޮށްފަ އެވެ.

އައްޑޫ ސިޓީގެ ފޭދޫގެ މިިސްކިތަަކަށް ބޮޑުކަމު ދިޔަ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ބޮޑުކަމު ދިޔަ މައްސަލައިގެ އިތުރުން ފޭދޫގެ އިތުރު 2 މިސްކިތަކަށް ގެއްލުން ދިނުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: