ބަލަމުންދާ މައްސަލަތަކެއްގައި ސުވާލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުކަމަށް ”ސަންގު“ އަށް އެނގިއްޖެ އެވެ.
އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ވެސް މި ވާހަކަ ދެކެވުނެވެ. ތިން މެމްބަރެއް ސޮއި ކުރައްވައި، ކޮމިޓީއަށް މައްސަލައެއް ހުށަހެޅީ އުސޫލާއި ހިލާފަށް ވަޒީރުންތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެވެ. އެހެންވެ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅި ކޮމިޓީގެ މެމްބަރުންނަށް ސިޓީ ފޮނުވައި އެކަން ހުއްޓުވުމަށެވެ.
އޭސީސީއަށް ހާޒިރު ކުރަނީ ރިފްއަތުތޯ ސުވާލު ކުރުމުން ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ހާޒިރު ކުރަން ޖެހޭ މީހުން ހާޒިރު ކުރާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ރިފްއަތުގެ މައްސަލައެއް ބަލަން ފަށައި، ޗިޓޫ ފޮނުވާފައި ވަނީ މެމްބަރުން ވަކި ކުރުމުގެ މައްސަލަ ފެށުމުގެ ކުރިންނެވެ.
ރިފްއަތު އެސީސީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ތެރޭގަ އެވެ.
އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބަންޑާރަނައިބު އެ ކޮމިޝަނަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު އުސޫލާއި ހިލާފަށް ވަޒީރުންތަކެއްގެ މައްސަލަ ބަލަމުންދާކަމަށް ބުނެ، އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިޓީއެއް ފޮނުވަން މައްސަލައެއް ހުށަހެޅިއެވެ.
އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެތީ ކަމަށް ބުނެ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށާފައިވަނިކޮށް، އުސޫލާއި ހިލާފު އަމަލުތަކެއް ހިންގާ މައްސަލައެއް މަޖިލީހުގެ މިނިވަންމުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ތިން މެމްބަރެއްގެ ސޮޔާއި އެކު އެވެ. އޭސީސީގެ މެމްބަރުންގެ މައްޗަށް ތުހުމަތުތަކެއްކޮށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން އުސޫލާއި ހިލާފަށް، ވަޒީރުންގެ ބައެއް މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.


One Response
ޔާމީން ވެރިކަމުގަ އޮޑިޓަރ ޖެނެރަލް އަށް ވީގޮތަށް، އަތްލަން ނުޖެހޭ މީހެއްގެ ހައިގަ އޭސީސީ އިން އަތްލަން އުޅުނީމަތޯ، މެމްބަރުން ވަކި ކުރަން މިއުޅެނީ؟