ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: އާއިލާއިން އެދިގެން ހުކުމް ކުރުން ފަސްކޮށްފި

ބްްލޮގާރ ޔާމީން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް ޝަރީއަތް ކުރިޔަށް ގެންދާ މީހުންގެ މައްޗަށް ހުކުމް އިއްވުން މި ހަފްތާއަށް ތާވަލުކޮށްފައި ވަނިކޮށް އައިލާއިން އެދިގެން އަޑުއެހުން ފަސްކޮށްފި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ބޭއްވީ މިދިޔަ ނޮވެމްބަރު 18 ގަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން، ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ. އެ މުއްދަތު ފަނަނަޅައި ގޮސްފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ފަސްކުރީ އާއިލާއިން އެދިގެން ކަމަށެވެ. އެއީ އާއިލާ ބައެއްގެ ސިއްހީ ހާލަތު ގޯސްވުމުންނާއި، މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ވާރިސުންގެ ބަސް ނަގަން ޖެހޭތީ އާއިލާއަށް ހާޒިރު ވެވޭ ދުވަހަކަށް އަޑުއެހުން ތާވަލުކޮށްދެން އެދުމުން ކަމަށް ކޯޓުން ބުންޏެވެ.

ހުކުމް އިއްވާނެ ދުވަހެއް ސީދާ އަދި ކަނޑައަޅާފައި ނުވީ ނަމަވެސް، ބެލެވޭ ގޮތުގައި ފެށޭ އަހަރުގެ ކުރީކޮޅު އަޑުއެހުން ތާވަލު ކުރާނެ އެވެ.

އާއިލާއިން އެދިގެން ޔާމީންގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކުރިއިރު، ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކުވެ އެ މީހުންގެ ނަން އަނބުރާ ގެންދަން އިންޒާރު ދޭ މައްސަލަ ބަލައިދޭން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިން ލީކުވެ، އެ މީހުންނަށް އިންޒާރު ދޭ މައްސަލަ ފުލުހަށް!

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: