ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދާއި ރިލްވާންގެ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކޮށްފައިތިބި ތިން މީހުންނަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ހުށައަޅައިފިއެވެ.

ތިން މީހުންނަށް ދައުވާ އުފުލާފައިވަނީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށައެޅި މައްސަލަތަކުގެ ތެރޭގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. ލެގޫން އިސްމާއިލް އަބްދުއްރަހީމް އާދަމް އާއި މއ. ފާގަފިލާގެ އަހްމަދު އިސްމާއިލް އާއި އަހްމަދު މުއާޒްގެ މައްޗަށެވެ.

އިސްމާއިލް އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒްމްގެ އަމަލެއް ކުރުމަށް އެހީތެރިވެރިދިނުމުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށް 2014 ވަނަ އަހަރު އޭނާ އެހީތެރިވެދީފައިވާތީ ކަމުގައި ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އިސްމާއިލް އަބްދުއްރަހީމް އާދަމް ވަނީ 2017 ވަނަ އަހަރު ބްލޮގަރު ޔާމީން ރަޝީދު މަރާލުމަށް ފާރަލައި އެހީތެރިވެދީފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިން ކުށުގެ ދައުވާއެވެ.

ދައުލަތުން އަހުމަދު އިސްމާއިލްގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެދައުވާ އޭނާގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމުގެ ކަންކަން ރާވައި އޭނާ އާއި އޭނާގެ ބައިވެރިން މެދުވެރިކޮށް ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމުގައެެވެ.

އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ ( ހ) އާއި (ށ) އަދި (ކ) އާއި އެ ގާނޫނުގެ 3 ވަނަ މާއްދާ ހަވާލާދީ އެ ގާނޫނުގެ 6  ވަނަ މާއްދާގެ ހ ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

މީގެ އިތުރުން ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމުގައި އޭނާއަށް ފާރަލުމުގެ ކަންތައްތައް އިންތިޒާމްކޮށް އެކަންކުރުމުގައި އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއްކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ އުފުލުމަށް ވެސް ކޯޓަށް ވަނީ ހުށައަޅާފައެވެ.

އަހުމަދު މުއާޒްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ  ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ ( ހ) އާއި (ށ) އަދި (ކ) އާއި އެ ގާނޫނުގެ 3 ވަނަ މާއްދާ ހަވާލާދީ އެ ގާނޫނުގެ 6  ވަނަ މާއްދާގެ ހ ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: