ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓް ރައީސް އަށް އަރުވައިފި

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އާއި. ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން. އަދި އަނިޔާވެެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެރިޕޯޓް ރައީސް ސާލިހަށް އަރުވާފައިވަނީ މަރު ކޮމިޝަންގެ ފަރާތުންނެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާސީ ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވީ މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީގެ ކުރިން ފޮނުވާފައިވާ ކަަމަށެވެ.

ފަރީޝާ ވިދާޅުވި ގޮތުގައި ރިޟްވާންގެ މައްސަލައާއ ގުޅިގެން ފުލުހުން ހޯދާފައިވާ މާއްދީ ހެކިތަކުގެ ތެރެެއިން އިތުރު ތަހުލީލުކުރެވެން ހުރި ތަކެތި ރާއްޖޭން ބޭރުގެ ފަރާތްތައް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ކޮށްފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން އެންމެ މުހިއްމު އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލައިފައިވާ މައްސަލަ ކަމަށް ރައީސް ސާލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރިޟްވާން ވީނުވީ އެއް ނޭނގި ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްގައި ކަޅު ކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެއް ލައިގެން ދަބަހެއް އަޅއިގެން ހުއްޓައެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެއީ ހ ހިލްޓަން އަހުމަދު އާލިފް ރައޫފް އާއި ސ ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ގެ އިތުރުން ގދ ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީން އެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި އަށް އަހަރު ވެފައިވާއިރު އެ މައްސަލަ ތަހުގީގު ކުރި މަރު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ  ރިޟްވާނަށް ހަމަލާ ދީފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ބަޔެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: