ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާން މަރުގެ ރިޕޯޓް މިއަހަރު ރައީސްއަށް ލިބޭނެ: ތަރުޖަމާނު

ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބަޔަކު މީހުން ހައްޔަރު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ގޮތުން  މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރިލްވާންގެ މަރުގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މަރު ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

މަރުތައް ބަލާ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް ޝަރީއަތް ކުރިއަށްދާކަން މިއުވާން ވިދާޅުވިއެވެ.

ރިލްވާންގެ މަރާލި މައްސަލައިގައި ދައުލަތުން މިހާރު ވަނީ ބައެއް މީހުންގެ މައްޗަށް ދައުވާއުފުލާފަ އެވެ. އެގޮތުން  މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު 40 ގެ މައްޗަށް ރިލްވާންގެ މައްސަލައިގައި ވަނީ ދައުވާ ކޮށްފައެވެ.

ރިލްވާން ރަހީނުކޮށް މަރާލުމުގެ ކަންކަން ރާވައި އޭނާ އާއި އޭނާގެ ބައިވެރިން މެދުވެރިކޮށް ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމުގައެެވެ.

ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

އިސޫ ހައްޔަރުކުރެވިފައިވަނީ ބަޔަކާ އެކު ކާނިވަލުގައި އިންދައެވެ. އިސޫ ހައްޔަރުކުރަން އަމުރެއް ހޯދަން އުޅޭކަން އެނގުމާ އެކު، އޭނާ ދިރިއުޅޭ ހިޔާ ފްލެޓަށް ނޫސްވެރިންތަކެއް އިއްޔެ ގެންދިޔަ އެވެ. އޭގެ ފަހުން، އަމިއްލަ އަށް ހާޒިރުވާނަން ކަަމަށް ބުނެ ފުލުސް އޮފީހަށް ދިޔައީ ރޭގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އިސޫ ހައްޔަރުކުރަން އެދުނީ މަރު ކޮމިޝަނުން ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކަކާ ގުޅިގެންނެވެ. އިސޫއަކީ މަރު ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްކޮށްފައިވެއެވެ.

ރިލްވާންގެ މައްސަލައިގެ ތަފުސީލް ރިޕޯޓު މިދިޔަ އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ރިޕޯޓު މިއަހަރުގެ މެދު ތެރޭގައި ލިބޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: