ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިން ލީކުވެ، އެ މީހުންނަށް އިންޒާރު ދޭ މައްސަލަ ފުލުހަށް!

ބްްލޮގާރ ޔާމީން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކުވެ، އެ މީހުންގެ ނަން އަނބުރާ ގެންދިއުމަށް އިންޒާރު ދޭ މައްސަލަ ބަލައިދޭން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފުލުހަށް ހުށަހަޅައިފި އެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ޝަފައީ 08 ސިއްރު ހެކިވެރިން ހިމެނެއެވެ. އަދި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމަކާއި ހަތް އިންޓެލިޖެންސް ރިޕޯޓު، 07 ވީޑިއޯ އެނަލިސިސް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާން ހިމެނެ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ނިމެން ކައިރިވެފައި ވަނިކޮށް ބައެއް ހެކިވެރިން ހެކި ބަސް ދިނުމާއިގެން ކުރިޔަށް ދިއުމަށް ދެކޮޅު ހެދި އެވެ. އެދުވަސް ވަރު ސިއްރު ހެކިވެރިންނަށް ހަމަލާ ދިން މައްސަލައެއް ވެސް ފެންމަތި ވި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމެން ކަައިރިވެފައިވަނިކޮށް، ބައެއް ހެކިން ހެކިބަސް ދިނުމަށް ދެކޮޅު ހެދީ އޭގެ ތެރެއިން ބައެއް މީހުންނަށް ހަމަލާ ދިން މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގައި މިއަދު އޮތް ޕްރެސްކޮންފަރެންސްއެއްގައި ނޫސްވެރިއަކު ވަނީ ޔާމީންގެ މަރުގެ މައްސަލައިގައި ހިމެނޭ ބައެއް ސިއްރު ހެކިވެރިންގެ ނަންތައް ލީކުވި މައްސަލަ ބަލަމުންދޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެކަން ހިނގުމަށް މެދުވެރިވީ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރޭތޯ ސުވާލު ކުރި އެވެ. ޖަވާބުގައި ޝަމީމް ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ޕީޖީން ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މީގެ ދުވަސްތަކެއް ކުރީން، ޔާމީން ރަޝީދުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިންކަމަށް ބުނާ ބައެއްގެ ފޮޓޯތަކެއް ވެސް ދައުރު ކުރި އެވެ. އެއީ ކިހާ ވަރެއްގެ ސައްހަ މައުލޫމާތެއްކަން ސާފެއް ނޫނެވެ.

އެއްވެސް މައްސަލައެއްގައި ހިމެނޭ ސިއްރު ހެއްކެގެ މައުލޫމާތު ލީކުވުން އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޝަމީމް ފާހަގަ ކުރެއްވި އެވެ. ބޮޑެތި ޖިނާއީ މައްސަލަތަކުގެ ކޯޓު މަރުހަލާގެ މައުލޫމާތުތައް ލީކުވެފައި އެބަހުރިކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އުންމީދަކީ ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ރަނގަޅު ގޮތުގައި ކުރިޔަށް ދިއުންކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި އަންނަ މަހުގެ ތެރޭގައި ހުކުމް ކުރާނެ އެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: