ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދުގެ މަރު: ކުށް ސާބިތުވި ޒިހާނާއި ހައިޝަމްގެ ފަރާތުން މައްސަލަ އިސްތިއުނާފަށް!

ޔާމީންގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާން:
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ދެ މީހުންގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މީގެ ފަސް އަހަރު ކުރިން ހިންގި މި ހާދިސާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ކުށް ސާބިތުވާކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެކަމަކު ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ކުށް ސާބިތުވީ މީހުންގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ހުކުމުގައި ވެއެވެ. ހައިޝަމާއި، ޒިހާންގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގަ އެވެ. ކޯޓުން އަދި މައްސަލަ ބަލައިގަތުމާއި މެދު ގޮތެއް ނިންމާފައި ނުވާއިރު ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ބައެއް ގޯސްތަކެއްގެ ސަބަބުން ދައުވާއިން ސަލާމަތްވި އިސްމާއިލް ރަޝީދާއި، ދިފްރާންގެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އަނެއް ދެ މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅުމާއި މެދު ދައުލަތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިދިޔަ ޖެނުއަރީ 19 ގައި އިއްވި ހުކުމުގައި ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވުމުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމަކީ އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.

Yameen Rasheed ge maru: 2 meehaku umurah jalah lai, maruge dhiya ah 1.3 million rufiyyaa dhakkan hukum koffiހުކުމުގައި ވާގޮތުގައި ޔާމީން މަރާލި ރޭ ޒިހާނާއި ހައިޝަމް އެ ސަރަހައްދުގައި އުޅުނުކަން ހެކިންގެ ހެކި ބަހުން އެނގެ އެވެ. އަދި މީހެއްގެ ހަޅޭކުގެ އަޑަށް ފަހު ޔާމީންގެ ގެއިން ދެ މީހަކު ނިކުމެހެން ދިޔަ މަންޒަރު ފެނުނު އިރު އެ ދެ މީހުންނަކީ ޒިހާނާއި ހައިޝަމްކަން އެނގޭ ހެކި އެބަހުރި ކަމަށެވެ.

ޔާމީން ރަޝީދުގެ މަރާއި، ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައަށް އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: