ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ އިން މީހުން ބޭލި މައްސަލަ: އޮމްބަޑްސް ޕާސަން އޮފީހުގެ ޓީމެއް ތިނަދޫއަށް!

ތިނަދޫން މީހުން ބޭލި މައްސަލަ ބެލުމަށް އެރަށް ގޮސް ތިބި އޮމްބަޑުސް ޕާސަން އޮފީހުގެ ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫ އިން އަނިޔާވެރިކޮށް މީހުން ބޭލުވި މައްސަލަ ބެލުމަށް އޮމްބަޑްސް ޕާސަން އޮފީހުގެ ޓީމެއް އެ ރަށަށް ގޮސްފިއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، ތިނަދޫ އިން މީހުން ބެލި މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް އޮމްބަޑްސް ޕާސަން އޮފީހުގެ ޓީމެއް އެ ރަށަށް އައިސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ތިނަދޫ އިން މީހުން ބޭލި ހާދިސާގައި ހިމެނޭ ބައެއް ފަރާތްތައް އަދިވެސް ދުނިޔޭގައި ތިބިކަން ފާހަގަކުރައްވާ ސައުދު ވިދާލުވީ، އޮމްބަޑްސް ޕާސަން އޮފީހުން އަންނަނީ އެ ފަރާތްތަކާ ސުވާލުކޮށް، ކަންކަން އޮޅުން ފިލުވަމުން ކަމަށެވެ.

ނަމަވެސް އޮމްބަޑްސް ޕާސަން އޮފީހުން ތިނަދޫއަށް ކުރާ 4 ވަރަކަށް ދުވަހުގެ މި ދަތުރުން ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްނުކުރެވޭނެކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ، މައްސަލައާ ގުޅޭގޮތުން ސުވާލުކުރާ ފަރާތްތަކަކީ އުމުރުން ދުވަސްވީ މީހުންނަށްވުމުން މައުލޫމާތު އެއްކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ.

ތިނަދޫ އިން ލާއިންސާނީ އަނިޔާތައްދީ މީހުން ބޭލުމުގެ މަސައްކަތް ކޮށްފައިވަނީ މީގެ 59 އަހަރު ކުރިން ކަމަށްވާއިރު، އެ އަނިޔާތައް ތަހައްމަލު ކުރި ތިނަދޫ ރައްޔިތުން އަދިވެސް ތިބީ އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 14%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: