ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމިއްޔަތުގެ ތަނބު ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ތިމާގެ ޒިންމާ ދެނެގަނެ އަދާކުރުން: މިނިސްޓަރ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ދުވަސްތައް އާކުރެވިގެންދާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި މިނިސްޓަރ ވިދާޅުވީ ހުރަވީ ދުވަސްފަދަ ގައުމީ ދުވަސްތައް ފާހަގަ ކުރަމުންދާއިރު ގައުމީ އަބްޠާލުންގެ ޒިކުރާތައް އާކޮށް އެބޭފުޅުން ގައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.

” ގައުމީ ދުވަސްތައް އާކުރެވިގެންދާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއް މިނިސްޓަރ އިމްރާން

މިނިސްޓަރ ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އެންމެ މަތީބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހި ތާރީހާއި ސަގާފަތް ކަމަށާއި އެކަންކަން ދިރުވައި އާލާ ކުރުމަށް ކޮންމެ ދިވެހި ފަރުދެއްގެ ބޮޑު ޒިންމާއެއް އޮންނަ ކަމަށެވެ. އަދި އެޒިންމާ އަދާކޮށްގެން މެނުވީ އަންނަން އޮތް ޖީލުތަކާ ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގްލާލާއެކު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިއަދު އަޅުގަނޑުމެން އެންމެން އަޒުމް ކަނޑައަޅަންވީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އިއްޒަތާއި ޝަރަފާއެކު ދިވެހި ގައުމިއްޔަތުގެ މިނިވަންކަމާއި އިސްތިގްލާލު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުން ކަމަށެވެ.

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ބާއްވާ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް މިއަރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހު ކ. ހުރާގައެވެ.

ހުރަވީ ދުވަހުގެ މި މިނިސްޓްރީން ކ.ހުރާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އިސްރަށްވެހިންނާއި ކުޑަކުދިންނަށް ކުޑަކުދިންގެ ހަވީރަކާއި ދިވެހި ތާރީހާ ގުޅޭ މައުލޫމާތު ސެޝަނެއްގެ އިތުރުން ސަގާފީ ކުޅިވަރުހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: