ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ގުޅިގެން ހުޅުމާލޭގައި ހަރަކާތްތައް ހިންގުން މަޑުޖައްސާލަނީ

ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތައް މިވަގުތަށް ވަނީ މަޑުޖައްސާލަފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ހުޅުމާލޭގައި ހަރަކާތްތައް ހިންގުން މަޑުޖައްސާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީއިން އާންމުކުރި ބަޔާނެއްގައި ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މީހުން އެއްވެގެން ބާއްވާ ހަފްލާތަކާއި ހަރަކާތްތައް ކުރިއަށްގެންދިޔުން މަޑުޖައްސާލައި، އެކަމަށް ކުންފުނިން ދޫކުރާ ހުއްދަ ދޫކުރުންވެސް މިވަގުތަށް މަޑު ޖައްސާލާފައިވާ ކަމަށެވެ. މިއީ ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނި، މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މާލެ ސަރަހައްދުގައި މީހުން އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ގެންދިޔުން މަޑުޖައްސާލުމަށް އަންގާފައެވެ. އެއާއެކު މާލެ ސިޓީ ކައުންސިލުންވެސް ވަނީ މާލެ ސިޓީގައި މިވަގުތު ކުރިއަށްދާ ނައިޓް މާކެޓް ފަދަ ބޮޑެތި އިވެންޓްތައް ބޭއްވުން މަޑުޖައްސާލާފައެވެ.

މާލެ ސަރަހައްދުގެ ކޮވިޑްގެ ކޭސްތައް ކޮންޓްރޯލްވެފައި އޮތުމަށްފަހު މިވަގުތު އަނެއްްކާވެސް މާލެ ސަރަހައްދުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ބުދަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އެދުވަހު ޖުމްލަ 224 ކޭސް ފެނިފައިވާއިރު މާލެ ސަރަހައްދުން 102 ކޭސް ވަނީ ފެނިފައެވެ. އަތޮޅުތަކުން 48 ކޭސް ފެނިފައިވާއިރު ރިޒޯޓްތަކުން 74 ކޭސް ވަނީ ފެނިފައެވެ.

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓް ފެތުރެމުންދާއިރު ރާއްޖެއިންވެސް އޮމިކްރޮންގެ ފަސް ކޭސް މިވަގުތު ވަނީ ފެނިފައެވެ. މި ފަސް މީހުންނަކީވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަސް ފަތުރުވެރިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރޭނެ ތިން ހަފްތާކަމަށް ޓެގް ޓީމްއިން ލަފާދޭކަމަށް ވިދާޅުވެފައެވެ. މިއާއެކު ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަ ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: