ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގް ޔީ ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޝާހިދު މަރުހަބާ ދަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި އެވެ.

ވާން ޔީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝާހިދު ގިނަ ދުވަސްތަކަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ.

މީޑިއާތަަކަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ މާދަމާ ދެ ބޭފުޅުން ވެސް ގުޅިގެން ދެއްވާ ޕްރެސް ސްޓޭޓްމަންޓަކަށް ފަހު، މަޝްވަރާގެ އެއްބަސްވުންތަކުގައި ސޮއި ކުރުން އޮންނާނެ ކަމަށެވެ.

ދަރުރާއި ގުޅޭގޮތުން ޗައިނާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައ މިއީ ރާއްޖެ އާއި ޗައިނާ ދެމެދު ގުޅުން ގާއިމު ކުރުމުގެ ރަންޔޫބިލް ފާހަގަކުރުމުގެ ހަރަކާތްތައް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރެކެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަރު ރާއްޖެ ވަޑައިގްނެވިއިރު، ރާއްޖެއާއި އެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން އެކި ވާހަކަތައް ދެކެވުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގާތް ގުޅުމެއް ބޭއްވި ޗައިނާއަށް އަމާޒުކޮށް މި ސަރުކާރުގެ މެމްބަރުން އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި އެ ގައުމުން ރާއްޖެއަށް ދީފައިވާ ލޯނުތަކާއި ގުޅުވަ އެވެ. ރައީސް މުހައްމަދު ނަޝީދު ވެސް ސިފަ ކުރައްވަނީ އެއީ “ދަރަނީގެ ދަންތުރަ” އެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: