ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ބޮޑުން ހައްޔަރު ކުރާތީ ބައެއް މީހުން ސަރުކާރުދެކެ ވަރަށް ރުޅި އާދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މީހުން ސަރުކާރު ދެކެ އެންމެ ބޮޑަށް ހިތްހަމަނުޖެހެނީ އެފަދަ ނެޓުވޯކުތައް އަތުލައިގަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާތީކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް، އޭގެ ބޮޑެތި ވިޔަފާރިވެރިންނަށް އަދަދު ދޭން ފެށުމުން ސަރުކާރާއި، ސަރުކާރުގެ އިސްވެރިންދެކެ ބައެއް މީހުން ވަރަށް ހިތްހަމަނުޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައް ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ތާރީހުގައި ވެސް އަތުލައިނުގަނެވޭހާ ވެސް ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވެފައިވަނީ މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް ގެންދާ ކަނޑެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއީ މުޅި އިންސާނިއްޔަތަށް ވެސް އޮތް ބިރެއްނަމަވެސް އެކަން ކުރާ ބަޔަކު ފައިސާއަށް ހިންގާ މި އަމަލު ސިފަ ކުރަނީ ކުރެވޭ ވަރަށް މޮޅުކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރާ މަސްތުވާކަތި އަތުލައިގަނެވެނީ ކަމާއި ބެހޭ މުވައްސަސާތަކުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ. މިކަމުގައި ފުލުހުންގެ އިންޓެލިޖެންސާށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުގެ އިންޓެލިޖެންސްގެ ފަރާތުން ލިބޭ އެހީތެރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

“މިއީ މިކަމުގައި އެކި ގޮތް ގޮތުން ގުޅިފައި ތިބި މީހުން، އިންތިހާއަށް ރުޅި ސަރުކާރަށާއި އަދި ސަރުކާރަށް މަދަދު ދޭ ފަރާރްތަކަށް އަމާޒުވާކަމެއް.. އެހެން ނަމަވެސް ކިތަންމެ ކޯފާވިޔަސް… ކިތަންމެ ކޯފާވިޔަސް ޑްރަގު ބޭރުވާން ޖެހޭ..” ރައީސް ސޯލިހު

ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވީ ނަމަވެސް، އެ ތަކެއްޗާއި އެކު ހައްޔަރު ކުރާ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ހެކި ހޯދުމުގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހަދާތީ ކޯޓު މަރުހަލާގެ ތެރެއިން އެ މީހުން ދޫވެ އެވެ. ފަހަކަށް އައިސް ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި 100 ކިލޯއިން މައްޗަށް އަރާއިރު ގިނަ ފަހަރަށް، އޭގެ ތުހުމަތަށް ހައްޔަރު ކުރަނީ ކޯޓު މަރުހަލާގެ ތެރެއިން ދޫވެފައިވާ މީހުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އަދުބު ދިނުމުގެ ގޮތުން ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ގޮތުން އެކަމުގެ ވިޔަފާރި ކުރާ މީހުންނަށް ބޮޑެތި އަދަދު ދެވޭނެ ހަރުކަށި އިސްލާހުތަކެއް ވަނީ ގެނެވިފަ އެވެ. އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ އެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭނެ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭ ވަރަށް ގާނޫނަށް ވަނީ ބަދަލު ގެނެވިފަ އެވެ.

މި ގާނޫނުގެ ދަށުން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތްތައް ވެސް ކޯޓުގައި ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: