ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑާއި ޕްރޮޕޯސަލްތައް ހުށަހަޅަން އެޗްޑީސީން އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފި

ޕޯޓަލް ތައާރަފް ކުރުމަށް މިއަދު ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި، އޮންލައިން ޕޯޓަލްއެއް ތައާރަފުކޮށްފި އެވެ.

އެޗްޑީސީން ބޭއްވި ރަސްމިއްޔާތެއްގައި އޮންލައިން ޕޯޓަލް އިފްތިތާހުކޮށްދެއްވީ، ކުންފުނީގެ ޗެއާމަން ޖައިޝް އިބްރާހީމެވެ.

ޕޯޓަލްގެ މައުލޫމާތުތައް ހިއްސާކޮށް އެޗްޑީސީން ބުނީ، މިފަދަ ޕޯޓަލްއެއް ތައާރަފު ކުރުމުގެ މަގުސަަދަކީ ބިޑު އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ލުއިފަސޭހަ ގޮތަކަށް ހަމަޖެއްސުން ކަމަށެވެ. އަދި އާ ބަދަލާއި އެކު ބިޑާއި ޕްރޮޕޯސަލް އޮންލައިންކޮށް، އެއް ޕޯޓަލްއެއް މެދުވެރިކޮށް ހުށަހެޅޭނެކަން ފާހަގަ ކުރި އެވެ. މިއީ މި ގޮތަށް ރާއްޖޭގައި ހުޅުވާލި އެންމެ ފުރަތަމަ އޮންލައިން ޕޯޓަލް އެވެ.

މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށް އެޗްޑީސީން ބުނިގޮތުގައި އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއި އެކީ މިކަން ކުރުމަށް މަގު ފަހި ވެގެންދާނެ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ބިޑުތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާތްތަކަކީ އެ މަސައްކަތަށް އެންމެ ގާބިލު ފަރާތެއްކަން ވެސް ޔަގީން ކުރެވޭނެ ކަމަށެވެ.

ޕޯޓަލް ބޭނުން ކުރުމަށް އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓާރ ކުރަން ޖެހޭނެ އެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅަން ޖެހޭނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ބިޑްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން ވެސް ޕޯޓަލް ބޭނުންކުރެވޭނެ ކަމަށެވެ.

ޕޯޓަލްއެއް ގާއިމު ކުރުމުން، ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށް އެޗްޑީސީން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: