ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާޓާ މައްސަލައިގައި ސައީދު: މިހާވަރުން ވެސް ކިޔަންވީ ހެޔޮ ވެރިކަންތޯ؟

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގައި 288 ފެލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންނަށް ދިނުން، ބާތިލު ބާތިލު ކުރި މައްސަލައިގައި މި ސަރުކާރުން އެ އެއްބަސްވުން އަލުން އިޔާދަކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް ދިން ރަށުން ފުރަތަމަ ފަނަރަ އަހަރުން އެކަނި ވެސް 675 މިލިއަން ޑޮލަރުގެ ވިޔަފާރިވާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ޅ. ޅޮއްސަލަފުށި އަލުން ދޭން ނިންމައި މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދަން ޓާޓާ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅުމުން މި ސަރުކާރުން ނިންމީ އާބިޓްރޭޝަނުން ބޭރުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށް، ރިވައިސްޑް އެގްރިމެންޓުގައި ސޮއި ކުރުމަށެވެ.

އެގްރިމެންޓުގެ މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރުމުން ސައީދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ފްލެޓުތައް އަޅަން ޓާޓާއަށް ބިންތާ 14 އަހަރުވީއިރު އެ ބިންތައް އޮތީ ކުންފުނީގެ ތިޖޫރީގައި ކަމަށެވެ. ސައީދު ވިދާޅުވީ ޓާޓާއަށް ދޫކޮށްފައިވާ ރަށުގައި ރިސޯޓުގެ މަސައްކަތް ނިމުމުން 45 މިލިއަން ޑޮލަރުގެ ފައިދާއެއް ނަގާނެ ކަމަށެވެ. 99 އަހަރުގެ މުއްދަތަކަށް ރަށް ދޫކުރުމުން، ފުރަތަމަ 15 އަހަރުން އެކަނި ވެސް ޓާޓާއަށް 675 މިލިއަން ޑޮލަރުގެ ވިޔަފާރިވާނެ ކަމަށެވެ. އަދި އޭގެއިން 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ފައިދާ ނަގާނެކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ރައްޔިތުން މިއަދު ވެސް ތިބެން ޖެހުނީ ގޭގައި އަތް ދޮވުމުގައިކަން ފާހަގަކުރައްވާފަ އެވެ. އަދި އެއްބަސްވުމާއި މެދު ހިތްހަމަނުޖެހޭނަމަ ދާން އޮތީ ވެސް އިންޑިއާގެ، މުމްބާއީ އާބިޓްރޭޝަނަށްކަމަށް އޭނާ ވިދާޅުވި އެވެ. މިހާވަރުން ވެސް ކިޔަންވީ ހެޔޮވެރިކަންތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: