ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަތުމަށް ހުތުބާގައި ގޮވާލައިފި

ހުކުރު ނަމާދު ކުރުން/ ފޮޓޯ:- ދަޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަތުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ހުތުބާގައި ބުނި ގޮތުގައި ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުއާ އިޖާބަކުރައްވާ ހާއްސަ ވަގުތެއްވާ ދުވަހެކެވެ. އަދި އެވަގުތަކީ، ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އާއި އިމާމާ މިންބަރުގައި އިށީނީއް ސުރެ، ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައި ވެސް ރިވާވެގެންވާ ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

މި ވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތު ކަމުގައި ވުމުން، ހުކުރު ދުވަހު، މާތް ﷲ މިންވަރު ކުރައްވާފައިވާ، މި މަތިވެރި ވަގުތުތަކުގައި، ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭނުންތަކަށް ޖެހިފައިވާ ފަރާތްތަކުން ދުއާ ކުރުން އިތުރު ކުރުމަށް ވެސް ހުތުބާގައިވަނީ އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، ހުތުބާގައި އިސްސާނުންނަށް މިފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް ދެއްވަވަނީ، އެ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ކަމަށް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ފާފަތައް ފުހެވި، ތިމާގެ ހެޔޮ އަމަލުތަކުގެ ފަތް ބަރުވެ، ދެދުނިޔޭގެ ކާމިޔާބު ހޯދުމަށް މަސައްކަތްކުރެވޭނެ ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.

އިންސާނާއަކީ އަބަދާއި އަބަދު، ފާފައަށް ހުށަހެޅިފައިވާ މީހަކަށް ވީހިނދު، އެބައިމީހުންގެ ވެރި ރަސްކަލާނގެ ހަޟުރަތުން މިފަދަ ދީލަތި ފުރުސަތު ތަކެއް ނުލިބޭ ނަމަ އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައި ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއިއެކު، ހުތުބާގައި ވަނީ ހުކުރު ދުވަހުގެ މާތްކަމަށް އަލިއަޅުވާލާފައެވެ. އެގޮތުން ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދުކުރުން ކަމުގައި ވީއިރު، ހުކުރު ނަމާދަށް އަވަސް ވެގަތުމަށް މާތް ﷲ މުއުމިންނުނަސް އަމުރުކުރައްވާފައިވާ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: