ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާދޫ ބަނދަރުގެ 80 އިންސައްތަ މަސައްކަތްވަނީ ނިމިފައި: އެމްޓީސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަތޮޅު ރަސްމާދޫ ބަނދަރުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި މި މަސައްކަތުގައި ހިމެނޭ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ވަނީ ނިމިފައި  ކަމަށާއި، ބޭރު ތޮށީގެ 82 އިންސައްތަ މަސައްކަތާއި ހާބާރ ޕޭވްމަންޓް ހެދުމުގެ 69 އިންސައްތަ މަސައްކަަތް ވަނީ ނިމިފައި ކަމުގައެވެ.

 

28.1 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރުން ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލުމާއި 600 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރުގެ މަގު މަތީގައި މަގު ބައްތި ހަރުކުރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެކުންފުނިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: