ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދު

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގ ގެ ދައުވާގެ އަޑުއެހުމެއް މިއަދު 11 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އާޒިމާގެ މައްޗަށް ދައުލަތުން  އުފުލާ ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމާއި މަނީ  ލޯންޑްރިންގ ކުރުމަށް ވާގިވެރި ވެދިން ކަމުގެ ދައުވާއެވެ. އާޒިމާ ވަނީ މިދެދަޢުވާ އަށް ވެސް އިންކާރު ކޮށްފައެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ކުށް ސާބިތުވެއްޖެ ނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ދެ އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މައްސަލައިގަ އެދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތާއި އާޒިމާއާއ ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ. އަޑުއެހުމުގައި އާޒިމާ ވިދާޅުވީ މި މައްސަލައިގައި އޭނާއަށް ހަމައެކަނި ތުހުމަތުތަކެއް ކުރެވޭ ސަބަބެއް ނޭނގޭ ކަމަށެވެ. އާޒިމާ ވަނީ ސިޓީގެ މައްސަލަ ފާހަގަކުރައްވާ އެ ސިޓީގައި ސޮއިކޮށްފައިވަނީ އޭސީސީގެ އޭރުގެ ނައިބް ރައީސް މުއައްވިޒު ރަޝީދުކަން ފާހަގަކުރައްވާފައެވެ.

އާޒިމާ ވަނީ މި މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައާއި ގުޅޭއިރު، އެސްއޯއެފްގެ އެކައުންޓު މި ފައިސާތައް ޖަމާކުރި އެ ކުންފުނީގެ އެއްވެސް މީހަކާއި ދައުލަތުން ސުވާލު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ނުހިންގާކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއިން ހޯދިކަމަށް ދައުލަތުން ބުނާ ލިއުން އެއީ ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީޢަތުގެ މަޖިލީހުގައި އާޒިމާގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ދައުލަތުން އާޒިމާގެ މައްޗަށް ދައުވާ އުފުލިއުރު ޕީޖީގެ މަގާމުގައި ހުންނެވި ޢައިޝަތު ބިޝާމްއަކީ މި މައްސަލައިގެ މަސްލަހަތު އޮތް ފަރާތެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފަޅާއެރިއިރު ރައީސް އޮފީހުގެ ލީގަލް ސެކްޝަނާއި ހަވާލުވެ ވަޑައިގެން ހުންނެވީ ބިޝާމް ކަމަށާއި އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އޮޑިޓް ނިންމައި އޭރުގެ އޮޑިޓަރ ޖެނަރަލް ފޮނުއްވި ރިޕޯޓް ދިރާސާ ކުރުމަށް ފަހު އެކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފާ ރައީސްއަށް ދެއްވީ ބިޝާމް ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީޏްގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން ޑޮލަތުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަސް އުފުލި ދައުވާގައި ވެސް އަދި އެ ޝަރީއަތުގައި ވެސް އެކަމުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދައުލަތުން ބުނެފައި ނުވާ ކަމަށާއި އެހެން ކަމުން މި މައްސަލައަކީ ކުރިއަސް ނުގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަސް އާޒިމާ އެދިވަޑައިގެންނެވިއެވެ.

ޝަރީއަތުގެ މަޖިލީޙުގައި އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ އާޒިމާގެ މައްޗަށް ދައުކަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެއްވެސް ކީހެއްގެ މައްޗަށް މަނީލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ދައުވާއާއި އަދި ދައުލަތަށް ދޮގު މައުލޫމާތު ދިނުމުގެ ދައވާ ދައުލަތުން ނުކުރާ ކަމަށާއި އަދި އެފަދަ އެއްވެސް ތަހުގީގެއް އެއިން މީހެއްގެ މައްޗަށް ނުހިންގާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ބިޝާމްގެ މަސްލަހަތު އޮތް ކަމަށް އާޒިމާ ވިދާޚުވެ މައްސަލަ މައްސަލަ އަލުން ރިވުކޮށްދިނުމަސް އާޒިމާ ޕީޖީގައި އެދުނު ކަމަށާއި ނަމަވެސް މައްސަލަ އަލުން ރިވިއު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމެވީ މިހާރު ހުންނެވި ޕީޖީ ކަމަށް ދައުކަތުގެ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ޕީޖީ ބިޝާމްގެ މަސްލަހަތު އޮތް ކަމަށް ބުނެ އާޒިމާ ދައްކަވާ ވާހަކަތައް މިހާރުގެ ޕީޖީ ނިންމި ނިންމުމުން ނަފީވެގެން ދާނެ ކަމަސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: