ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫގެ ހިރިގާ މަހާނަ ގާތައް ރައްކާތެރިކުރުމަށް ކައުންސިލްގެ އެއްބާރުލުން ބޭނުންވޭ: ހެރިޓޭޖް

Dhidhoo gaburusthaanu mahaana ga
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ ދިއްދޫގެ ދުވަސްވީ ހިރިގާ މަހާނަ ގާތައް ރައްކާތެރިކުރުމަށް ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިވަގުތުވެސް ކައުންސިލާއި މަޝްވަރާކުރަމުން އަންނަކަމަށް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ގަބުރުސްތާނުގައި ހުރި ދުވަސްވީ ހިރިގައު މަހާނަތަކެއް ނަގައި، ގާފުންޏަކަށް އުކާލާވައިވާތަން ފެންނަ ފޮޓޯތަކެއް ޝޯސަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މިކަމާއި ގުޅޭގޮތުން އެމަރުކަޒުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ދިއްދޫ ގަބުރުސްތާނުގައި ކުރިން މީހުން ވަޅުލާފައިވާ ސަރަހައްދު އަލުން ބޭނުންކުރުމަށްޓަކައި އެތަން ސާފުކުރުމަށް 2017 ވަނަ އަހަރު އެގައުތައް ނަގާފައިވާ ކަމަށެވެ.

ނޫސްބަޔާނުގައި ވާގޮތުން ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ސަރުކާރުން އެކުލަވާލާފައިވާ ޤާނޫނު، ޤާނޫނު ނަމްބަރު 12/2019 (ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެރަށެއްގެ ކައުންސިލްގެ ޒިންމާއެކެވެ. އެހެންކަމުން، އެމަހާނަ ގާތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެމިނިސްޓްރީ އިން ދިއްދޫ ކައުންސިލާއި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމުގައި ދިއްދޫ ކައުންސިލްގެ އެއްބާރުލުން ދިނުމަށް އެދޭ ކަމުގައިވެސް ހާމަކޮށްފައިވެއެވެ.

އެގައުތައް އެގޮތުގައި ހުންނަނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށާއި އެފަދަ އިހުގެ މަހާނަ ގައުތަކަކަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން މަތީފެންވަރަކަށް ދައްކުވައިދޭ ތަކެތިކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޭގައި ހުންނަ ލިޔުންތަކަކީ ދިރާސާކޮށްގެން ދިވެހިރާއްޖޭގެ ތާރީޚަށް އައު މަަޢުލޫމާތުތަކެއް ލިބިގެން ހިގައިދާނެ ފަދަ މުހިއްމު އެއްޗެއް ކަމަށް އެމަރުކަޒުން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހުރި ދިވެހިންގެ މަސައްކަތްތެރިކަމާއި، ތާރީޚު ފެންނަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ މަރުކަޒާއި، ކައުންސިލްތަކާއި އާންމު ފަރުދުންގެވެސް ޒިންމާއަކަށްވާއިރު، އެތަކެތީގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްްގައި ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމުގައިވެސް އެބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: