ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއަށް ލިބޭ އާމްދަނީ ހަރަދު ކުރަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކައް: ޝަރީފް

މުންނާރު ސާފް ކުރުމަށް ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެމްޑީ ޝަރީފް މީޑިއާ އަށް މައުލޫޟާތު ދެއްވަނީ: ފޮޓޯ ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއަށް ލިބޭ އާމްދަނީ ހަރަދު ކުރަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކައްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ފަރާތުން ރާއްޖޭގޭ އިސްލާމީ ތާރީހާއި ގުޅުންހުރި އެންމެ ތާރީހީ އެއްބިނާ ކަމުގައިވާ، ހުކުރު މިސްކިތުގެ މުންނާރު ސާފު ކުރުމާއި، މިސްކިތުގެ ފެން ވަޅުތައް ސާފުކުރުމަށް ބޭއްވި އިވެންޓުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏެއްކަމަށާއި ސްޓެލްކޯއަށް އާމްދަނީ ލިބެނީ ރައްޔިތުންގެ ފަރާތުންކަމަށެވެ.

ސްޓެލްކޯގެ ވަރަށް ބޮޑު އިޖްތިމާއީ ޒިންމާއެއް އޮންނަކަމަށާއި އެހެންކަމުން އެ ޒިންމާގެ ދަށުން ކުންފުންޏަށް ލިބޭ އާމްދަނީ ހަރަދު ކުރަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކައްކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެގޮތުން އިސްލާމީ ތާރީހީ ތަރިކަ ރައްކާތެރިކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ޒިންމާއެއްކަމުން، އިޖްތިމާއީ ޒިންމާގެ ދަށުން ސްޓެލްކޯގެ ފަރާތުން ތާރީހީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ހުކުރު މިސްކިތުގެ ތެރެއިން މިސްކިތުގެ މުންނާރު އަދި ވަޅުތަކާއި މިފަދަ ތަންތަން ދާއީމީ ގޮތެއްގައި ބެލެހެއްޓުމާއި ސްޓެލްކޯގެ ފަރާތުން ހަވާލުވެފައިވާކަމަށް ޝަރީފް ހާމަކުރެއްވިއެވެ.

މީގެ ކުރީގައި އެހާ ސާފު ނޫންކޮށް މިތަންތަން ފެނިފައިވީ ނަމަވެސް ކުރިއަށް އޮތްތާގައި ސްޓެލްކޯގެ ފަރާތުން މަހުން މަހަށް ބަލައި ޗެކް ކޮށް އަދި މުންނާރުފަދަ ތަންތަން ބަލަހައްޓަމުންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ފާހަގަކުރެއްވީ ހުކުރު މިސްކިތުގެ އިތުރުން ބައެއް އެހެން ތާރީހީ ބިނާތައްވެސް ބެލެހެއްޓުމާއި އަދި ބައެއް ކުދި ކުދި މަރާމާތުތައް ސްޓެލްކޯގެ ފަރާތުން ކުރަމުން ގެންދާނެކަމަށެވެ.

މި އިވެންޓުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ސްޓެލްކޯގެ ފަރާތުން ތާރީހީ ތަރިކަ ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްތަކަށް އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: