ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދެ މަހު އަތުލައިގަތް ބަނގުރަލުގެ އަގު 1.3 މިލިއަނަށް އަރާ!

މަސްތުވާ ތަކެތި ނައްތާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ފަރާތުން ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބައެއް މަސްތުވާތަކެތި ނައްތައިލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ދޫނިދޫގައި އެކަމަށް ހާއްސަކޮށްގެން މީޑިއާއަށް ދައުވަތުދީގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގައެވެ.

ޖުމްލަ 830 ބާވަތް ހިމެނޭ މަސްތުވާތަކެތި ނައްތާލެވުނު އިރު އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ދިޔާތަކެތި ކަމުގައިވާ ބަނގުރަލުގެ ބާވަތްތަކެވެ. އަދި އާންމުގޮތެއްގައި މަސްތުވާތަކެތީގެ މައްސަލައެއް ނިމޭތާ މަސްދުވަހުގެ ތެރޭގައި މައްސަލައިގައި ހޯދުނު މަސްތުވާތަކެތި ނައްތާލާކަމަށާއި އެހެންކަމުން މަސްތުވާތަކެތީގެ ނައްތާނުލެވި ބާކީވެ ގިނަދުވަސްވެފައިވާ އެއްވެސް ސްޓޮކެއް ފުލުހުންގެ އަތުގައި ނުހުންނާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މީގެ ތެރޭގައި ހިމެނެނީ 717 ބްރޭންޑް ފުޅިއާއި 67 ބިޔަރު ދަޅާއި 9 ޕެޓްފުޅީގެ އިތުރުން އެހެނިހެން ބައެއް ބާވަތުގެ 46 ވައްތަރެކެވެ. މި ތަކެތީގެ މަގު މަތީގެ ޖުމްލަ އަގު 1.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު މިއީ މީގެ މަހެއް ނުވަތަ ދެމަސް ކުރިން ފުލުހުން ހިންގި އެކި އެކި އޮޕަރޭޝަން ތަކުގައި ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތިކަންކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އިއްޔެ ނައްތާލި ތަކެއްޗަކީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި އިންސިޑެންޓްތަކުން ނައްތާލާފައި ވަނީ ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ފަހުކޮޅުގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށާއި އެކަމަށް ދުރާލާ ތައްޔާރުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ގާނޫނު އިތުރަށް ހަރުދަނާ ކުރުމަށް ޖެހޭ ކަމަށް ދެކިލައްވަމުން ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި ބައެއް ފަހަރަށް މަސްތުވާ ތަކެތީގެ ބޮޑެތި ކޭސްތަކުގައި ހަމައެކަނި ޖޫރިމަނާ ކޮށްލުމުން މައްސަލަ ނިމިފައިވާއިރު ކުށްކުރާ މީހާ ނުވަތަ މައްސަލަ ރައްދުވާ ފަރާތަށް ހައްގު އަދަބު ނުދެވިދާތަން ފެނިގެން ދާކަމަށާއި އެކަމުގެ ސަބަބުން މަސްތުވާތަކެތި މަދުކޮށް އެކަން ހުއްޓުވުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: