ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގައި ބޭނުންކުރުމަށް 15 އެމްބިއުލެންސް ގެނެސްފި

އަތޮޅުތެރޭގެ ރަށްތަކަށް އަލަށްފޮނުވާ އެމްބިއުލާންސް ތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން އަތޮޅުތެރޭގައި ބޭނުން ކުރުމަށް ރައްތަކަށް ފޮނުވަން ނިންމާފައިވާ 15 އެމްބިއުލާންސް މާލެ ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުންޏާއި މިނިސްޓްރީ އޮފް ހެލްތާއި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެތެރެކުރުމުގެ ތިންވަނަ ބެޗްގެ ދަށުން 15 އެމްބިއުލާންސް އެކުންފުންޏަށް ލިބިފައިވާ ކަމަށާއި މިވަގުތު އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރައްތަކަށް ފުނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި އެސްޓީއޯއާއި ހެލްތްމިނިސްޓްރީ އިން ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ވާގޮތުގެ މަތިން ހަމަސްދުވަހުގެ ތެރޭގައި އެމްބިއުލާންސްތަށް ހެލްތް މިނިސްޓްރީ އާއި ހަވާލްކުރަން ޖެހޭނެއެވެ.

އަދި އެމްބިއުލާންސްގެ ހިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ ގޮތުން މިހާރު އެމްބިއުލަންސް ނުފޮނުވި ހުރި ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްތައް އަންނަ މާރޗް މަސް ނިމޭ ހިސާބުގައި ރަށްތަކަށް ފޮނުވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: