ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަންގެ މަގާމު އަދާކުރި ހަސަން ލަތީފަށް އެމްޑީޕީގެ ޝުކުރު!

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާ ޕާސަނެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް އެ ޕާޓީން ޝުކުރު އަދާކޮށްފި އެވެ.

ހަސަން ލަތީފަކީ އެމްޑީޕީގެ ޗެއާޕާރސަންކަމުގެ 5 އަހަރު ދުވަހުގެ މުއްދަތު ފުރިހަމަ ކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އޭނާ އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ 12 ފެބްރުއަރީ 2017 ގަ އެވެ.

އެމްޑީޕީން މިއަދު ބަޔާނެއް އާއްމުކޮށް، ބުނީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިދާރީ ހިންގުން ބައްލަވައި އިދާރީ ހިންގުމަށް އެތައް ހެޔޮ ބަދަލުތަކެއް ހަސަން ލަތީފް ގެނެސް ދެއްވި ކަމަށެވެ. އަދި ހަމައެއާއެކު އިދާރީ މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގާއިމް ކުރުމަށް ކުރި ބުރަ މަސަކަތުން ފެށިގެން ޕާޓީ ވަރުގަދަ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެތަކެއް ސިޔާސީ ހަރާކަތްތަކެއް އިންތިޒާމްކޮށްދެއްވައި ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޙުދުމުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ހަސަން ލަތީފް އިސް ދައުރެއް އަދާކުރިކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެންމެ މުހިންމު މަގުސަދު ހާސިލްކޮށްދެއްވުމަށްޓަކައި ބޭއްވި އެތަކެއް އިންތިހާބުތަކެއް ކާމިޔާބު ކޮށްދެއްވިކަން ފާހަގަ ކުރި އެވެ.

އެމްޑީޕީއިން ހަސަން ލަތީފް ސިފަ ކުރައްވާފައި ވަނީ ޒިންމާދާރު މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ހަސަން ލަތީފްގެ މިންނެތް މަސައްކަތްތަކުން އެނާގެ ލީޑާރޝީޕް ދައްކުވާލި ކަމަށް ވެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން އަބަދުވެސް ހަސަން ލަތީފަށް، ކާމިޔާބާއި ކުރިއެރުން އެދޭ ކަމަށެވެ.

ހަސަން ލަތީފް ދައުރު ހަމަވުމުން، އެމްޑީޕީން ވަނީ ޕާޓީގެ ޗެއާޕާސަނަކަށް ވާދަ ކުރުމަށް މިއަދު ހުޅުވާލާފަ އެވެ. އެނގިފައިވާ ގޮތުގައި މިހާތަނަށް އެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަދި އެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެނައުމަށް ޕާޓީގެ އެތެރެއިން ކެމްޕެއިނެއް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: