ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެކަން އިއުލާން ކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބުތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހީމް މަނިކު އެވެ.

މަނިކު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ބާއްވާ ތިން އިންތިހާބު ކަމުގައިވާ ޗެއަޕާސަންގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރު އިންތިހާބު އަދި އަންހެނުންގެ ރޫހުގެ އިންތިހާބަށް މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ 4 ޖަހަންދެން ފޯމު ހުށައެޅޭނެ ކަމަށެވެ. މީގެ އިތުރުން އިންތިހާބުގެ ކެންޑިޑޭޓް ލިސްޓް މިމަހުގެ 22 ވަނަ ދުވަހު އިއުލާން ކުރުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށާއި އަދި އެކަމާއި ގުޅޭ މައުލޫމާތު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް  މަނިކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިންތިހާބު ތަކުގައި ވޯޓް ލެވޭނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ މެމްބަރުންނަށެވެ. އަދި މީގެ އިތުުރުން އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓް އާންމު ކުރުމާއި ޝަކުވާ އަށް ހުޅުވާލުން މި ފެބްރުއަރީ މަހުގެ 28 ގައި އޮންނާނެ ކަމަށާއި އެ ފުރުސަތު މާޗު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4 ގެ ނިޔަލަށް ބަންދުވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓް މި އަަންނަ މާޗް މަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު  ބޭއްވުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން  ވަނީ ފާސްކޮށްފައެވެ. ޗެއަރޕާސަންގެ އިންތިހާބަކީ ކޮންމެ ފަސް އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންތިހާބެއްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިތުރުން ޕާލިމެންޓަރީ ގުރޫޕްގެ އިންތިހާބުވެސް އެޕާޓީގެ ފަރާތުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: