މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކ. ގިރިފުށީ ބަނދަރުގެ ބޭރު ތޮށީގެ ބެޑު ޕްްރެޕަރޭޝަންގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މަސައްކަތްކުރާ ސަރަހައްދަށް އިއްޔެ ގެނެސްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތެވެ.
މި މަޝްރޫޢަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

