ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއިން އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތެއް ނުކުރެވޭ: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތެއް މިހާތަނަށް ނުކުރެވޭކަމަށް މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ 13 އަހަރުދުވަސް ވަންދެން ޕާޓީގައި އަންހެނުންގެ ރޫހެއް އޮތްއިރު އަންހެން ލީޑަރުން އުފެއްދުމަށް ކުރެވުނު މާބޮޑެތި މަސައްކަތެެއް ނެތް ކަމަށެވެ. އަދި އެކަން އޮތީ ވަރަށް ދަށްކޮށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ ދުނިޔޭގެ ސިޔާސީ ޕާޓީ ތަކުގައި އަންހެނުންގެ ރޫހު ނުވަތަ އަންހެނުންގެ ގޮތްޕެއް އޮންނާތީ، އެއުސޫލުން އެމްޑީޕީގައި ވެސް އަދި އެހެން ޕާޓީތަކުގައި ވެސް އަންހެނުންގެ ރޫހެއް އޮތީ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ހުރިހާ އަންހެން ގޮފިތައް ހިނގަނީ ދާދި އެއްގޮތަކަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އާންމުގޮތެއްގައި ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންގެ ގޮތުގައި ފިރިހެން ބޭފުޅުން ތިއްބަވާއިރު އެބޭފުޅުންނަށް އަންހެނުންގެ ރޫހަކީ މާ މުހިއްމު އެއްޗަކަށް ނުވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ޕާޓީ ތެރޭގައި އަންހެނުންގެ ރޫހާއި ލީޑަރޝިޕްގެ ގުޅުން ރަނގަޅު ނޫންކަން ފާހަގަކުރައްވާ އެކަމަށް ގޮންޖެހުންތަކެއްވެސް ހުރިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

”ބޭނުންވަނީ އަންހެނުން ބާރުވެރިކޮށް އަންހެން ލީޑަރުން އުފައްދަން“ ރޮޒެއިނާ

އެގޮތުން އެމްޑީޕީގެ ފަރާތުން ގާނޫން އަސާސީއަށް ބަދަލު ގެނެސްގެން 33 އިންސައްތަ އަންހެނުން ކައުންސިލްތަކުގައި ހިމަނައި، ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުނު އަންހެން މެމްބަރުންނާއި އަންހެނުންގެ ރޫހާއި އެއްވެސް ގުޅުމެއް ނެތްކަން ރޮޒެއިނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަންހެނުންގެ ރޫހުގެ ފަރާތުން ރަށްރަށުގައިތިބި އަންހެން ކައުންސިިލަރުންނާއި މިހާތަނަށް ގުޅާލެވިފައިވެސް ނެތްކަމަށާއި އެހެންކަމުން އަންހެނުންގެ ރޫހުގެ އަމާޒާއި މިސްރާބު މިވަގުތު އެންމެ ރަނގަޅު ނޫންކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ޕާޓީގެ ހުރިހާ ރަށެއްގައި ތިބި އަންހެން ލީޑަރުންނާއި އެމްޑީޕީގެ ޓޮޕް ލީޑަރޝިޕާއި ގުޅުން އޮންނަން ޖެހޭ ކަމަށާއި މިކަންކަން ފާލަންކޮށްދޭ ގުނަވަނަކީ އަންހެނުންގެ ރޫހަށް ވާންޖެހޭކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އަންހެނުންގެ ރޫހަކީ ރޯދަމަހު ތަރާވީހަށް ހެދިކާ ހެދުމާއި އީދުދުވަހު ޕާޓީ ބާއްވަން ތިބޭ ބަޔަކަށް ވެގެންނުވާނެކަމަށްވެސް ރޮޒެއިނާ ވިދާޅުވެއްޖެއެވެ.

ރޮޒެއިނާގެ ވާހަކައިގައި ޕާޓީ ތެރޭގައި އަންހެނުން ބާރުވެރި ކުރުވުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލީ އަންހެން ލީޑަރުން އުފައްދައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި މަގާމަށް އިންތިހާބުވެއްޖެނަމަ މަސައްކަތްކުރާނީ ޕާޓީގެ ލީޑަރޝިޕާއި އަންހެނުންގެ ރޫހާއި އޮންނަ ގުޅުން ރަނގަޅުކޮށް ރަށްރަށުގައި ތިބި ޕާޓީގެ ލީޑަރުންނާއި ޕާޓީގެ ޓޮޕް ލީޑަރޝިޕާއި ގުޅުން ބަދަހި ކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީގެ އަންހެނުންގެ ރޫހު ނަގައި ކޮޅަށް ޖަހައިދިނުމަކީ ޕާޓީގެ އަންހެނުންނަށް ކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި ރޮޒެއިނާ ފާހަގަކުރެއްވިއެވެ. ސިޔާސީ ދާއިރާ އަށް ނުކުތް އެއް ސަބަބަކީ އަންހެނުން ބާރުވެރި ކުރުވުން ކަަމަށާއި މަޖިލީހުގައި ހުންނަވާ އެމަސައްކަތް ކުރުމަށް ބޭނުުންވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: