ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ބިންގާ އަޅައިފިއެވެ.
މި ބިންގާ އަޅާފައިވަނީ ސިނަމާލޭ 4 ގެ ފްލެޓްތަކުގެ އޮފީސް ހުޅުވުމަށް މާލޭ ސިޓީގެ މޭޔަރ މުއިއްޒު އަދި ވިލިމާލެ ދާއިރާގެ ކައުންސިލާ ނަހުލާ އަލީއާއެކު ވިލިމާލެއަށް ކުރެއްވި ޒިޔާރަތުގައެވެ.
މިއީ ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުވުމަށް ހަމަޖައްސާފައިވާ މާރުކޭޓެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މާރުކޭޓުގެ ސަބަބުން ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެން ދާނެކަމަށާއި މިއީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި އެބޭފުޅާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ވަގުތީ މާރުކޭޓެއްގެ ގޮތުގައި ހުޅުވިގެން ދިޔަ ކަމުގައި ވީނަމަވެސް މިއީ ވަގުތީ މާރުކޭޓެއް ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ. ވިލިމާލެ ތަރައްގީ ވަންދެން މި މާރުކޭޓު ހުންނާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މި ކުރެއްވި ދަތުރުގައި ވަނީ މަގުމަތީ ރޭމްޕްއެޅުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ އިތުރުން އެމްއައިބީ އޭޓީއެމް އެއް ވިލިމާލޭގައި ހުޅުވުމަށްވެސް ބިންގާ އެޅިގެން ގޮސްފައެވެ.

