ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ސްޕޯކްސްޕާސަން އަކަށް ވައްޑެ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ސްޕޯކްސްޕާސަންއަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހަމަޖައްސައިފިއެވެ.

އިންތިގެ ސްޕޯކްސްޕާސަންއަށް ވައްޑެ ހަމަޖެހުމާއި ގުޅިގެން އިންތި ކޮށްފައިވާ ޓްވީޓެއްގައި ވާގޮތުން ސްޕޯކްސްޕާސަންކަން ވައްޑެ ގަބޫލުކުރެއްވިކަމަކީ ލިބުނު އުފަލެއްކަން ފާހަގަކުރެއްވިއެވެ. ވައްޑެ އަކީ އެމްޑީޕީގެ ވައްޓަފާޅި ދަންނަ، ސާފުސީދާ ބަހުން ޕާޓީގެ ހަމަތަކާއި އުސޫލުތަކަށް ކެނޑިނޭޅި ވަކާލާތު ކުރާ ތެދުވެރިއެއް ކަމުގައެވެ.

ޗެެއާޕާސަން ކަމުގެ އިންތިހާބުގައި އިންތި ވާދަކުރައްވާކަން އިއުލާން ކުރެއްވުމާ ހިސާބުން ވައްޑެ ވަނީ އިންތިއަށް ތާއީދުކުރައްވާކަން ޝޯސަލް މީޑިއާގައި ހާމަކުރައްވާފައެވެ. މީގެ އިތުރުން އިންތި ވަނީ އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ ގޮތުން މާލޭގައި ދޮރުން ދޮރަށް ހިންގަވާފައެވެ.

އިންތިގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ. ސާބެ އަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވި ބޭފުޅާ ކަންވެސް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އިންތި ވަނީ އެމްޑީޕީގެ އިސްތަރުޖަމާނު ކަންވެސް ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.

ޗެއަރޕާސަން ކަމުގެ މަގާމަށް  ދެވަނަ ބޭފުޅެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވާދަކުރައްވާއިރު، އިންތި އާއި ފައްޔާޒް އަންނަނީ ކެމްޕޭންގެ ހަރަކާތްތައް ފޯރިގަދަ ކަމާއެކު ކުރިއަށް ގެންދަމުން ކަމުގައިވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޝޯސަލް މީޑިއާގައި ގިނަ ބަޔަކު އިންތިއަށް ތާއީދު ކުރަމުން ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ޗެއަރޕާސަން ކަމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 16 ވަަނަ ދެވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: