ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަޝިޕްއެއް ހިންގަނީ!

"ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް" އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޯލާޝިޕްއެއް އިފްތިތާހު ކޮށްފިއެވެ.

”ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް“ ގެ ހުރިހާ ހަރަދަކާއި އިންތިޒާމްތަކެއް ބަލަހައްޓާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މި ސްކޮލާޝިޕް އިފްތިތާހު ކޮށްދީފައިވަނީ މި ކަމަށް ހާއްސަކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެގޮތުން 20 ޕްރިންސިޕަލަކަށް ސްކޯލާޝިޕަށް ހޮވުނު ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

ސްކޯލަޝިޕް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ސްކޯލަޝިޕްގައި ބައިވެރިވާ ޕްރިންސިޕަލުން ފުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ މާޗު މަހުގެ ތެރޭގައެވެ.

ކޯސް ފުރިހަމަ ކުރުމަށް ފަހު 2023 ވަނަ އަހަރުގެ ތެރޭގައި މި ޕްރިންސިޕަލުން ސްކޫލުތަކުގައި ހަރަކާތްތެރިވާން ފަށާނެ ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން ހިންގާ 216 ސުކޫލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާއިރު އެއްވެސް ދުވަސްވަރެއްގައި ތަމްރީނުވެފައިވާ ޕްރިންސިޕަލުން ހުރިހާ ސްކޫލަކަށް ފުރިހަމައަށް ހަމަވެފައި ނުވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރިހަމައަށް ތަމްރީނު ލިބިވަޑައިގެން ތިއްބެވީ 75 ދާއިމީ ޕްރިންސިލުން ކަމަށް ބުނެފައިވާއިރު މިނިސްޓްރީއިން ހާމަކުރީ ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލު ރާއްޖޭގައި މިވަގުތުވެސް ވާކަމުގައެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހައިލައިގެން ކަމަށް ވާއިރު މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ޕްރިންސިޕަލުން ހަމަވާނެ ކަމުގައި އެޑިއުކޭޝަން މިނިޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: