ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާޓު ކުރަހަން ދީފައި ވަނިކޮށް، ރާއްޖޭގެ ކަނޑުގެ އަޑީގައި މައުދަނެއް ވާނަމަ ނުރައްކާ ވެދާނެ: ޓޮމް

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެމްބަރު (ޓޮމް) ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުތަކުގެ ޗާޓު އެކުލަވާލުމަށް އިންޑިއާގެ އަތްމައްޗަށް ދޫކޮށްލުމުން، އޭގެއިން ގައުމަށް އޮތީ ނުރައްކާކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު ހުންނެވީ އދ. އަތޮޅުގަ އެވެ. އަދި އެ އަތޮޅުގެ މަހިބަދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ޔާމީން ވަނީ މި ގައުމުގައި އިންޑިއާ ސިފައިން ތިބުމުގެ ސަބަބުން ނުރައްކާވާކަމާއި، ސަރުކާރާއި އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ބައެއް އޮފިސަރުން ތިބެނީ ވެސް ހަތިޔާރާއި އެކުކަމަށް ވިދާޅުވެފަ އެވެ. އެ އަތޮޅުގެ އެކި ރަށްތަކުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ފާޑުވިދާޅުވެ، އިންޑިއާގެ ފައި ދަށުވެ އޮތުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މީގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ ކަނޑުތަކާއި ބެހޭ ރަނގަޅު ދިރާސާއެއް ނުހެދިވާތީ އެކަމަށް އިޝާރާތްކޮށް ޓޮމް ވިދާޅުވީ، މިއީ ހައްތާވެސް ނުރައްކާތަކާއި ކުރިމަތިވެދާނެ ސަބަބުތަކެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ބެހިގެން އަންނަ ބޮޑެތި ބޯޓު ފަހަރުތަކުގެ އެއްވެސް ހަގީގަތެއް ނޭނގޭ ކަމަށެވެ. ނުވަތަ މީގެ އެއްތައް ޒަމާނެއް ކުރިން ފެތުނު ބޭރުގެ ބޮޑެތި އުޅަނގުތަކުގެ ވެސް މާބޮޑު ހަގީތެއް ނޭނގޭކަން ފާހަގަކޮށް ޓޮމް ވިދާޅުވީ، އެފަދަ ބޯޓުތަކުގައި ރަނާއި ރިހި ނުވަތަ ބޮޑެތި މައުދަނަތަކުން ފުރިފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ކަނޑު އަޑީގެ ތަހުލީލު އަމިއްލައަށް ކުރުމެއް ނެތި، އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލުމަކީ އެ މީހުން އެފަދަ ކަންކަން ހޯދައި އޭގެ ފައިދާ ނަގަން މަސައްކަތްކޮށްފާނެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކާއި، ނުވަތަ ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެކަމަށް ޓޮމް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހަށް އަލިއަޅުވާލައި ޓޮމް ވިދާޅުވީ، ގައުމުގެ މިނިވަންކަމަށް އަތްގަދަ ކުރުމަށް އެކި ފަހަރު މަތީން ބައެއް މީހުން މަސައްކަތް ކުރި ކަމަށެވެ. އަދި އަޅުވެތިކަމުގެ ދުވަސްތައް ދިވެހިން ދެ ފަހަރެއްގެ މަތީން ވޭތު ކުރަން ޖެހުނުކަން ފާހަގަކޮށް އޭނާ ވިދާޅުވީ ގައުމު އޭރު ސަަލާމަތް ކުރެވުނީ ރައީސްކަން ކުރެއްވީ އިބްރާހިން ނާސިރާއި، ދޮންބަންޑާރައިން ފަދަ ވިސްނުން ތޫނު ބޭފުޅުން މި ގައުމުގެ ވެރިންގެ ގޮތުގައި ތިއްބެވީތީ ކަމަށެވެ.

ޓޮމް ވަނީ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލިޔަސް، ތުރުކީއާއި ގްރީސްގެ ބޯޑަރުން ތެޔޮ ފެނި މިހާރު ކުރިން ނިކަމެތިވެފައި އޮތް ގްރީސް އޮތީ ބާރުގަދަ ތުރުކީއާއި ހަނގުރާމަ ކުރަން ތައްޔާރަށްކަން ހަނދާނަން ގެންނަން ގޮވާލާފަ އެވެ.

“ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރި މައުދަނެއް، ގޭހެއް، ތެލެއް… ރަނގަޅު ދިރާސާތަކެއް އަދި ނުހެދޭ… މިހާރު މި ސަރުކަރުން އިންޑިއާއި އެކު ހަދާފައި އޮތް އެެއްބަސްވުމުގައި އެ މީހުން ކުރަހަމުން އެ ދަނީ ރާއްޖޭގެ ކަނޑުއަޑީގެ ހުރިހާ ސަރަހައްދުތަށް. ދެން ބައެއް ބޭފުޅުން ހާއްސަކޮށް އެމްއެންޑީއެފްގެ ބޭފުޅުން ނުކުމެ މި ވިދާޅުވަނީ، އެއީ ރާއްޖޭގެ ކަނޑުތަކުގައި ރަން ހުރިތޯ، ޖަވާހިރު ހުރިތޯ ބަލާ އެއްޗެއް ނޫނޭ..” ޓޮމް

ޓޮމް ވިދާޅުވީ އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ވެސް ކުރައްވަނީ ރައީސް ނާސިރާއި، ދޮންބަންޑާރައިން ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ކުރި މަސައްކަތް ކަމަށެވެ. އެކަމަށް ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” އަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރިޔަށް ގެންދާ ހަރަކާތަކަށް ވީއިރު ފަސް ޖެހެން ޖެހޭ ނުވަތަ ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅަން ޖެހޭ ސަބަބެއް ނެތްކަމަށް ޓޮމް ވިދާޅުވި އެވެ.

މީގެއިތުރުން ޓޮމް ވިދާޅުވީ މަލާބާރުން ރާއްޖޭގެ މިނިވަންކަން ނައްތާލަން މަސައްކަތްތަކެއް ކުރިކަން ފާހަގަކޮށް ޓޮމް ވިދާޅުވީ ފަހުގެ ތަރީހުތަކުން ވެސް 1945 އިން 1948 ވަނަ އަހަރު ދުނިޔޭގެ ބޮޑު ހަނގުރާމައިގެ ފަހުން އދ އަތޮޅު އުފެދި ދުނިޔޭގެ ޗާޓުތައް ކުރެހެމުން ދިޔައިރު ރާއްޖޭގެ މިނިވަންކަމާއި ގުޅޭގޮތުން ނުދައްކާ ހުރި ވަރަށް ގިނަ ވާހަކަތަކެއް ވާކަމުގައެވެ.

އިންޑިއާ އަދި ޕާކިސްތާނުގެ ބޯޑަރު ބަދަލުވަމުން ދިޔަ މަރުހަލާގައި ރާއްޖެއަަށް މަލިކު ހަވާލު ކުރުމުގެ މަސައްކަތްތަކެއް ކުރިކަން ތާރީހީ ފޮތްތަކުގައި ނެތުމުން ޓޮމް ސުވާލު އުފެއްދި އެވެ. އޭރު އެކަން ނުކުރެވުނީ ރާއްޖޭގެ ހާލަތު އިންތިހާއަށް ގޯސްވުމުންކަމަށް ޓޮމްގގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ.

ބައްދަލުވުމުގައި ޓޮމް ވިދާޅުވީ އޭރުގައި ދެ ގައުމުގެ އިސްވެރިން ވެސް އެއްބަސްވެފައި އޮތީ އިންޑިޔާ އަދި ޕަކިސްތާނުގެ ބޯޑަރުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރާއްޖޭގެ މިނިވަންކަން ނުހޯދާ ބޭއްވުމަށް ކަމަށެވެ. 1945 އިން 1965 އާއި ދޭތެރޭގަ ހުވަދު އަތޮޅުން ބައެއް އެހެން ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިނގިރޭސިން ނިންމިކަން ފާހަގަކޮށް ޓޮމް ވިދާޅުވީ އެ ދުވަހު އެގޮތައް ކަންތައް ނުކުރެވުނީ ކުރިން ނަމަ ނާސިރު ފަދަ އަދި މިހާރު ރައީސް ޔާމިން ފަދަ ދުރު ވިސްނޭ ބޭފުޅެެއް ވެރިއެއްގެ ގޮތުގައި ހުންނެވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: