ކޮވިޑް-19 ގެ ހާލަތުގައި ސިފައިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ މެޑަލްއެއް ދިނުމަށް ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންނަށް ދިނުމަށް ނިންމާފައިވަނީ ”އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19“ ކަމަށެވެ.
މި މެޑަލް ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި ސިފައިން ކުރި މިންނެތް މަސައްކަތާއި ދިވެހި ޤައުމާއި ރައްޔިތުންނަށް ކޮށްދިން އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ސިފައިންގެ އަގުވަޒަން ކުރަން ނިންމީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

