ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ އަޅައިފިއެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ އަޅާފައި ވަނީ ހޯރަފުށީގައި މިއަދު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން ޕްރީ ސްކޫލުގެ ބިންގާ އަޅުއްވާދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމެވެ.

އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު އިމްދާހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރަށް އެމްޓީސީސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ މަޝްރޫއަކީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސިން ބުނީ އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ޕްރީ ސްކޫލުގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ، ހިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދުތައް ފުރިހަމަކޮށްދިނުން ކަމަށެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގެ މުސްތަގުބަލު ކަމަށްވާ ޅަ ދަރިންގެ އިލްމާއި ހިލްމު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ އެ ކުންފުނި އުފެދުނީއްސުރެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ގާތުން މަސައްކަތް ކުރާ ކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހަޔާތުގައި ތަފާތު ރޮނގުރޮނގުން އިޖްތިމާއީ ޒިންމާ އަދާކޮށްދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: