ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ނޫނަސް އެމްޑީޕީއަށް އެތައް ބަޔަކު ގުރުބާނީތައް ވި: ރީކޯ މޫސަ

އެމްޑީޕީހގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަށްޓަކައި ޖަލަށް ލެވުނު ހަމައެކަނި ބޭފުޅަކީ ޕާޓިގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށާއި އެތައްބަޔަކު ޖަލުގެ އަނިޔާގެ ތެރެއިން މަރުވެ ގޮސްފައިވާކަމަށް ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

”ސަންގު“ ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާޙަކަދައްކަވަމުން މޫސަ ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީ އިން ދެއްކި ވާހަކަ އަކީ އާއިލީ ވެރިކަމެއް ނިމުމަމަކަށް ގެނައުމުގެ ވާހަކަ ކަމުގައެވެ. މިއަދު އެމްޑީޕީ ތެރެއިން ފެނިގެންދަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ވެރިކަމަށް އައުމަށް ކުރެވެމުންދާ މަސައްކަތްތަކެއް ކަމުގައި މޫސަ ސިފަކުރެއްވިއެވެ. މޫސަ ވިދާޅުވީ ނަޝީދު އިސްވެ ހުންނަވައި ޕާޓީ ތެރެއިން މީހުންނާއި ދިމާލަށް އިހާނެތި ބަސްތައް ބުނަމުންދާ ކަމުގައެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އަށްޓަކައި ޖަލަށް ލެވުނު ހަމައެކަނި ބޭފުޅަކީ ނަޝީދު ނޫން ކަމަށާއި އެތައްބަޔަކު ޖަލުގެ އަނިޔާގެ ތެރެއިން މަރުވެ ގޮސްފައިވާ ކަމުގައެވެ. އެގޮތުން ރައީސް ނަޝީދަށްޓަކައި އަމިއްލަ ފުރާނަ ގުރުބާން ކުރައްވާފައިވާނެކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ ލޯބިންވެސް މީހަކަށް ކޮށްދެވޭނީ އެހާކަށް ވަރު ކަމަށެވެ. ނަމަވެސް ހިސާބަށް ވުރެން ތަންދޮރު ނުދަނެ އެއްޗިހި ކިޔަން ފެށުމުން އެވާހަކަ ދައްކާނެ ކަމުގައި މޫސަ ވިދާލުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ ފިކުރަކަށް ވާންޖެހޭނެ ކަމުގައެެވެ. އަދި މޫސަ ވިދާޅުވީ އެބޭފުޅާގެ ސިޔާސީ ކެރިއަރ އަކާއި ރައީސް ނަޝީދުގެ ސިޔާސީ ކެރިއަރ އަރާ ހަމަ ނުކުރެވޭނެ ކަމުގައެވެ. ސަބަބަކީ އެމްޑީޕީގައި ފުރަތަމަ ފަހަރަށް ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ޑިމޮކްރަސީ އަށް ޓަަކައި ވާދަކޮށްފައިވާތީ ކަމުގައި ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވީ ޕާޓީގެ އެއްވެސް މީހަކު ކައިރި މަޝްވަރާ ނުކުރައްވައި ކަމަށެވެ. އެކަމުގތެ މާބޮޑު ތަފްސީލެއް ނުދެއްވައި މޫސަ ވިދާޅުވީ ނަޝީދު އިސްތިއުފާ ދިން ދުވަހު ހެނދުނު އަށަކާއި ނުވަޔަކާ ދެމެދު ގުޅި މީހަކަށް ގުޅި ކަމަށާއި އެމީހަކު އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް އެކަނި ކަމުގައެވެ. އަދި އެބޭފުޅަކަށް ގުޅިންތޯ ނުވަތަ ނުގުޅަންތޯ ޓީވީ ތަކުން ސުވާލުކުރުމަށް މޫސަ ވިދާޅުވި އެވެ. އަދި އެކަން މޫސަ އަށްވެސް އެނގުނީ މާފަހުން ކަމަށް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ  އެގުޅި މީހަަކަށް ގުޅުމަށް ފަހު ނަޝީދު އަމިއްލަފުޅަށް ތިމަންނަ އިސްތިއުފާދޭން ގަސްތުކުރާ ކަމުގައި ވިދާޅުވިކަމަށެވެ. އެމީހަކު ނަޝީދު ސަރުކާރުގެ ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަންގެ އަރިހުގައި އެވާހަކަ ދެންނެވުމަށް ގުޅި ނަމަވެސް ވަހީދު ފޯނު ނުނަންގަވާ ކަމުގައެވެ. ރީކޯ ވިދާޅުވީ ވަހީދު ފޯނު ނުނެންގެވީ އެމްޑީޕީގެ ބޮޑު މީހަކު ގުޅަނީ ކަމަށް ހީކޮށް ކަމަށާއި ފޯނު ނަންގަވައިފި ނަމަ ލަނޑެއްލިބިވަޑައިގެން ފާނެކަމަށް ހީފުޅުކުރެއްވެވޭތީ ކަމުގައެވެ.

ޑރ ވަހީދު ފޯނު ނެންގެވީ އޭގެ އަނެއްދުވަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދީ ހުރިހާ ކަމެއް ވެ ނިމިގެން އައުމުން ކަމުގައި ރީކޯ މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ވަރަށް ގިނަ ކަންކަން ޕާޓީ އަށް ޓަކައި ނުބުނެ ހިފަހައްޓައިގެން ތިބެފައި ހުންނާނެ ކަމުގައެވެ.  ސަބަބަކަށް ވަނީ އެމްޑީޕީ ތެރޭގައި ހުންނަ ހިޔާލުތަފާތުވުންނަށް ހާމަ ކުރުމަކީ ބަޣާވާތެއް ކަމުގައި މޫސަ ވިދާޅުވިއެވެ. އަދި އެއީ މޫސަމެން ގަބޫލު ކުރާ ގޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިސްތިއުފާ ދިނުމަށް ރައީސް ނަޝީދު އެދުވަހު ހެނދުނު ނިންމެވީ ކަމުގައި މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެދުވަހު މުލިއާގޭގައި ރައީސް ނަޝީދު އިންނަވާފައި ސިފައިންގެ އަށް ވަޑައިގަންނަވާތީ އެތަަނަށް ނުދިއުމަށް އާދޭސް ކުރައްވައި މާލޭ ހުކުރުމިސްކިތު މުންނާރާ ހިސާބަށް މޫސަ ރައީސް ނަޝީދު އަރިހުގައި ވަޑައިގެންނެވި ކަމަށެވެ. އެކަން އެންމެނަށް ބަރާބަރަށް އެނގޭނެ ކަމުގައި މޫސަ ވިދާޅުވިއެވެ. މޫސަ އަށް ރައީސް ނަޝީދަކީ ކޮމާންޑަރ އިން ޗީފް ކަން އެނގިލައްވާ ކަމަށާއި ކަންކަން މީހުންނަށް ކޮންޓްރޯލް ކުރެވޭ ވަރު މީހުންނާއި އެނޫން މީހުން އެނގޭ ކަމުގައި މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެކަމަކީ ސިފައިންނާއި ފުލުހުންނާއި ދެމެދު ހިނގާދިޔަ ހަމަނުޖެހުމެއްގައި ސިފައިންނާއި ފުލުހުން ތަޅައިގަނެގެން އުޅޭ ކަމަށާއި އެތަނަށް ގޮސް ރައީސް ނަޝީދު ވަނުމަކީ ބިރެއް ކަމުގައެވެ.

މޫސަ ވިދާޅުވީ އެތަނަށް ވަދެ ތާށިވެ އަމިއްލަފުޅަށް ކަންކަން ނިންމަވަން ނޭނގުމުން ވަރަށް އަވަހަށް ކަންތައްތަކުގައި ތެޅިފޮޅި ގަންނަ ހިސާބަށް ދިޔައީ ކަމުގައެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި އެއްދުވަހެއްގެ މެންދުރު ދަޅައިގައި އެބޭފުޅާއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ގެންދަވާފައި ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނުމަށް ގަސްތުކުރާ ވާހަކަ ދެންނެވިކަމަށެވެ.

މޫސަ ވިދާޅުވީ އެއީ އެދުވަހު ރައީސް ނަޝީދު އަމިއްލަ ފުޅަށް ވިސްނިވަޑައިގެންނެވި ގޮތް ކަމަށާއި ނުވަތަ ކެބިނެޓްގައި އޭރު ތިއްބެވި ވަޒީރުންގެ ތެރޭގައި ރައީސް ނަޝީދުގެ ބަސް ނުވިކޭތީ ކަމުގައިވެދާނެ ކަމަށެވެ.

މޫސަ ވިދާޅުވީ މައުލޫމާތު ލިބުނު ގޮތުގައި ޑރ ޝަހީދު އާއި  އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ފަދަ ބޭފުޅުންގެ އިތުރުން ކެބިނެޓްގައި އޭރު ތިއްބެވި ބައެއް ވަޒީރުން ރައީސް ނަޝީދަށް އަރުވާ ލަފާ ކަމުނުގޮސްގެން ކެބިނެޓް އުވާލުމަށް ނިންމެވީ ކަމުގައެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރަށް ދުއްތުރާ ކުރާ ވާހަކަ ދެކެވުނު ނަމަވެސް އެކަމަކީ ވަރީރުންގެ މަޖިލިސް އެކީ އިސްތިއުފާ ދޭންޖެހޭ ކަމެއް ނޫން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: