ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީތަކުގައި ހުރި ބިލުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދޭން ރައީސް ނަޝީދު އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާ ބިލުތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރޯދަ މަހު މަޖިލީހުގެ މަސައްކަތް ކުރާ ވަގުތުތައް ކުރުކޮށްފައިވާއިރު، ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ކޮމިޓީތަކަށް އައު ބިލުތައް ވެސް ފޮނުވަމުންދާކަމަށާއި އެހެން ކަމުން މިވަގުތު ނުނިމި ހުރި ބިލުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދޭން އެދޭ ކަމަށެވެ.

މިއީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ކޮމިޓީގައި 25 ބިލެއް އެބައޮތްކަމަށާއި މަަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ބަދަލުގައި އެ ނިންމާލެވޭނެ ގޮތުގެ ވިސްނުމެއް މެމްބަރުން ގެންގުޅެން އެދޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިލެއްގެ ކޮންސެޕްޓްތަަކާއި ގުޅޭ ގޮތުން ވިސްނައި އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް އިދާރީ މަސައްކަތްތައް، އިދާރީއަށް ދޫކޮށްލުން ރަނގަޅު ކަމަށެވެ.

މިވަގުތު މަޖިލީހުގެ ކޮމިޓީގައި ގިނަ މުހިންމު ބިލުތަކެއްގެ މަސައްކަތްތައް ކުރިޔަށް ދާކަން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: