ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ އާއިލީ ޤުރުއާން މުބާރާތުގެ ޒޯން 1ގެ ކިޔެވުން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443” ޒޯން 1ގެ ކިޔެވުން ފަށައިފިއެވެ.

ފެނަކަ ރެކްރިއޭޗަން ކްލަބުން އިތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގެ ޒޯން 1ގައި ހިމެނެނީ ށ. އަތޮޅާއި ނ. އަތޮޅެވެ. މިއީ ފެނަކައިން އެގޮތަށް ބާއްވާ 5 ވަނަ މުބާރާތެވެ. 2019 ވަނަ އަހަރުވެސް އެ މުބާރާތް 4 ސަރަހައްދެއްގައި ބާއްވާފައިވާއިރު، ކޮވިޑަށް އެ މުބާރާތް މެދުކަނޑާލަން ޖެހުނެވެ. އަދި މިއީ ކޮވިޑަށް ފަހު އެ މުބާރާތް އަލުން ފެށި އަހަރެވެ.

މި އަހަރުގެ މުބާރާތުގައި ފެނަކައިން ވަނީ މުބާރާތުގެ ފައިސާގެ އިނާމު ބޮޑުކޮށްފައެވެ.

އެ މުބާރާތުގެ ޒޯން 2 ގެ މުބާރާތް ބާއްވާނީ މި މަހުގެ 15 އަދި 16ގައެވެ. ފެނަކައިން ބުނީ މި ރޯދަ މަހުގެ 4 ހަފްތާ ބަންދުގައި އެ މުބާރާތް އޮންނާނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ މުވައްޒަފުންގެ ކުރިއެރުމަށް ބާއްވާ އެފަދަ މުބާރާތްތަކުގައި ޝާމިލުވާ 5،000 އެއްހާ މުވައްޒަފުން އުޅޭ ކުންފުންޏެއްކަން ފާހަގަކުރިއެވެ.

އެ މުބާރާތް 4 ޒޯނަކަށް ބާހާލައިގެން ކުރިއަށް ގެންދާއިރު އެ ޒޯންތަކުގައި މުބާރާތްތައް ބާއްވާ ރަށްތަކަކީ:

  • ޒޯން 1: ށ. މިލަންދޫ
  • ޒޯން 2: ގއ. ވިލިނގިލި
  • ޒޯން 3: ސ. ހިތަދޫ
  • ޒޯން 4: މާލޭ ސިޓީ

އެ ޤުރުއާން މުބާރާތުގައި ބައިވެރިވެވެނީ އެ އަތޮޅުތަކުގެ ފެނަކަ އާއިލާތަކުގެ މެންބަރުންނަށެވެ. އެ މުބާރާތް އިންސާފުވެރިކޮށްދީ، ފަނޑިޔާރުންގެ ގޮތުގައި ތިބެނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ 3 ލެކްޗަރާއިންނެވެ.

ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ދެ ގޮތްޕަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތް ބާއްވަނީ 7 އުމުރުފުރާއަކަށެވެ. އެއީ:

  1. 6 އަހަރުން ދަށް
  2. 9 އަހަރުން ދަށް
  3. 11 އަހަރުން ދަށް
  4. 13 އަހަރުން ދަށް
  5. 16 އަހަރުން ދަށް
  6. 18 އަހަރުން ދަށް
  7. ފެނަކަ މުވައްޒަފުން

މުބާރާތުން 1 ވަނަ ހާސިލުކުރާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާާމާއެކު ތައްޓާއި ހަނދާނީ ލިޔުން ލިބޭނެއެވެ. އަދި 2 ވަނަ ހާސިލުކުރާ ފަރާތަކަށް 10،000، 3 ވަނަ ހާސިލު ކުރާ ފަރާތަކަށް 5،000 ރުފިޔާއާއި ތައްޓާއި ހަނދާނީ ލިޔުން ލިބޭނެއެވެ. މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާއިރު، އެ ފަރާތްތަކަށްވެސް ތައްޓާއި ހަނދާނީ ލިޔުން ލިބޭނެއެވެ.

ފެނަކައިން ބުނީ ފެނަކައިގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ހިކެޔުވުމުގެ ލޯބި ޖައްސައިި، ޤުރުއާން ކިޔެވުުގެ ފަންނު ދިރުވައި އާލާކުރުމަކީ އެ މުބާރާތް ބޭއްވުމުގެ މައިގަނޑު އެއް މަގުސަތު ކަމަށެވެ. އަދި އަދި ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ތަޖުވީދު މަގުން ކިޔެވުމަށް ބާރުއެޅުމާއި އެކަން ބަލައިގަނެ، އެކަމަށް ބާރު އެޅުމަކީވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭގެ އިތުރުން، ފެނަކަ އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް އެ މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: