ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭގެ އިޙްޔާ ފޯރަމްގައި މިނިސްޓަރު އިމްރާން ތަގްރީރު ކުރައްވާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް މިރޭ ބާއްވާ 4 ވަނަ ފޯރަމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަގްރީރު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

”ތިބާ ﷲ އާއެކު ވާށެވެ!” މި މަޢުޟޫއަށް މިރޭ މިނިސްޓަރު އިމްރާންގެ އިތުރުން ދެން ތަގްރީރު ކުރައްވާނީ އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި މިރޭ ދަރުސް ބާއްވާއިރު އެހެން ރޭތަކެކޭ އެއްގޮތަށް މިރޭވެސް އިޙްޔާ ފޯރަމް ލައިވްކުރާނެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު އަންނަ ހުކުރު ދުވަހު އިޙްޔާ ފޯރަމް އޮންނާނީ އައްޑޫ ސިޓީގައެވެ. މިމަހުގެ 22 ގައި ފުވައްމުލައް ސިޓީގައި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރ. އުނގޫފާރުގައި މި ފޯރަމް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: