ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ކާމިޔާބު ކުރެވިއްޖެއްޔާ އެމްޑީޕީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް އިންތިހާބުގައި ހޮވިވަޑައިގެންފި ޕާޓީގެ ހިންގުންތެރިކަމަށް ބޮދެތި ބަދަލުތަކެއް އަންނާނެ ކަމަށް އެމްޑީޕީގެ ޗެއާރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓްއެށްކަމަށްވާ، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ކުރުމަށް ރޭ ކ. ގުރައިދޫގައި ބޭއްވި ބައްދުލުވުމެއްގައި، ފައްޔާޒު ވިދާޅުވެފައިވަނީ ކުރިއަށްއޮތް އިންތިހާބުގެ ނަތީޖާ ލިބިގެންދާ ގޮތުގެ މަތިން އެމްޑީޕީއަށް ބޮޑެތި ބަަދަލްތަކެއް އަންނާނެ ކަމަށެވެ. އަދި ފައްޔާޒު ހޮވިވަޑައިގެންފި ނަމަ އެމްޑީޕީ ގައި ވެރިކަންކުރާ ޕާޓީއެއްގައި ހުންނަން ޖޭހޭ ސިފަތައް ޖައްސާނެ ކަމަށެވެ.

ބައްދަލުވުމުގެ ބައިވެރިންނާއި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވުން މުހިއްމުކަމަށާއި ރައްޔިތުން ބާރުވެރިކުރުވާ، ޑިމޮކްރެޓިކް މުޖުތަމައެއް ގާއިމު ކުރުން ފަދަ ސިޔާސަތުތައް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭކަމަށެވެ. އަދި އެޕާޓީގެ ފަރާތުން މިފަދަ ސިޔާސަތުތައް ހެޔޮގޮތުގައި ތަންފީޒުކޮށް ދަމަހްޓަން ތިބީ ފައްޔާޒުމެން ކަމަށްވެސް ފާހަގަ ކުރަށްވާފައިވެއެވެ.

”އަޅުގަނޑުމެންނަކަށް ނުފެނޭ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެން މި ނެރޭ ފަދަ ސިޔާސަތުތަކެއް ނޫނީއާމުން ރައްޔިތުން ބާރުވެރިކުރުވާ ނުވަތަ ޑިމޮކްރެޓިކް މުޖުތަމައުތަކަށް ގެންދަން މަސައްކަތް ކުރާތަނެއް. އެބޭފުޅުން ބަދަލުވީ ތަނެއް ނުފެނޭ އަދިވެސް އަޅުގަނޑުމެންނަކަށް އެހެންވީމަ މިކަން ހަމައަދިވެސް ކުރަން މިއޮތީ އަޅުގަނޑުމެންނަށް، މި ޕާޓީގެ ފަރާތުން.“ ފައްޔާޒު

ދަތުރުފުޅަށް ފަހު ކުރެއްވި ޓްވީޓެއްގައި، މާލެ އަތޮޅުތެރޭގެ އެމްޑީޕީ ހަރަކާތްތައް އިތުރަށް ހިންގާ ޕާޓިގެ މެމްބަރޝިޕް ”ޑްރައިވް“ ކުރަންޖެހޭކަމަށް ރައްޔިތުން ފައްޔާޒު ގާތުގައި ދަންނަވާފައިވާކަމަށާއި މާލެ އަތޮޅު މާ ބޮޑަށްވެސް ”ހިންގާލަން“ ޖެހޭކަމަށް އޭނާވަނީ ވިދާޅުވެފައިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑިޕީގެ ފަރާތުން އެޓީމުން މަސައްކަތް ކުރަނީ އަލުން އަނބުރާ މިނިވަންކަން ގެއްލި އަނިޔާވެރި މާޒީ އިޔާދަވިޔަ ނުދިނުމަށްކަމަށެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއޮ ދިމާކޮށް ޕާޓީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. ޕާޓީ ދެކަފިވެފައިވާ މި ވަގުތުގައި މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ދެ ބަސްވުންތަކުގެ އަސަރު 2023 ގެ ރިޔާސީ އިންތިހާބަށް ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: