ހައްޖަށް މީހުން ގެންދިޔުމަށްޓަކައި މިއަހަރު ރާއްޖެއަށް 453 ކޯޓާ ސައުދީ އަރަބިއްޔާއިން ދީފިއެވެ.
ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދޭނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ.
ސައުދީން އާންމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން ރާއްޖޭއަށް މިއަހަރު 453 ކޯޓާ ދީފައިވާއިރު މިއީ މި ފަހުގެ ތާރީހެއްގައި އެންމެ މަދުން ރާއްޖެ އަށް ކޯޓާ ލިބުނު ފަހަރަށެވެ.
އެންމެ ގިނަ ބަޔަކަށް ފުރުސަތު ލިބެނީ މުސްލިމުންގެ ވަރަށް ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާއަށެވެ. އެ ގައުމުން ލައްކައަށް ވުރެ ގިނަ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާގެ މަދުވިނަމަވެސް އިތުރު ކޯޓާ ލިބޭތޯ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

