ށ. ކަނޑިތީމުގައި ދޮޅު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ކަނޑިތީމުގައި ކުޑަކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް މިއަދު 6:30 އެހާކަންހާއިރު އާންމުންގެ ފަރާތަކުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދިޔަ އެއް އަހަރުގެ ފިރިހެން ކުއްޖާ މޫދުފައި އޮއްވާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

