ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރަސްމީ ބަހަކީ އިނގިރޭސި ބަސްކަމަށް ހަދަން އިކްރާމް ގޮވާލުމުން ފާޑުކިޔުން!

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ބަހެއްގެ ގޮތުގައި ރާއްޖޭގައި އިގިރޭސި ބަސް ކަނޑައަޅައިފިނަމަ ރާއްޖެ ތަރައްގީ ވެގެން ސްޕީޑް މާ ބޮޑަށް ހަލުވިވެގެންދާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ގޮވާލައިފި އެވެ.

އިނގިރޭސީ ބަހުގެ ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓްވީޓެއް ކުރުމުން އިކްރާމް ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރިއެރުންތަކެއް އަންނާނީ އިނގިރޭސީ ބަސް ކުރިއަރުވައިގެން ކަމަށެވެ. މިއީ ރާއްޖޭގެ ތަރައްގީ ހަލުވި މިނެއްގައި ކުރި އަރާނެ ސަބަބެއްގެ ގޮތުގައި ވެސް އިކްރާމް ފާހަގަ ކުރި އެވެ.

އިކްރާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހިނގަނީ ވަރަށް ބޮޑަށް އިނގިރެސީ ބަހަށް ބަރޯސާ ވެގެން ކަމަށެވެ. އެހެން ކަމުން “ދިވެހި ބަހަށް ކުރާ އިހުތިރާމަށް އުނިކަމެއް” ނާންނަހެން އިނގިރޭސި ބަސް އޮފިޝަލް ކުރުމަށް އިކްރާމް ގޮވާލި އެވެ.

 

ދިވެހި ބަހަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އިކްރާމް މިހެން ވިދާޅުވެ ޓްވީޓު ކުރެއްވުމާއިއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އިކްރާމަށް ރައްދު ދެއްވައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ދިވެހިރާއްޖޭގެ ރަސްމީ އަދި ގައުމީ ބަހަކީ ވެސް ދިވެހި ބަސް ކަމަށެވެ. ދިވެހި ބަހަކީ އަމިއްލަ ހައިސިއްޔަތެއް ލިބިފައި ވާ ފަހުރާއި ޝަރަފެއްކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ ދިވެހި ބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒެއް ކަމަށެވެ. އެހެން ކަމުން ދިވެހި ގައުމު ކުރިއަރައި ދާނީ ވެސް މި ބަހާއި އެކުކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަޝްރަފް ވިދާޅުވީ އިކްރާމް މީގެ ކުރިން ސިޔާސީ ބާރުވެރިކަމެއް ނެތް އިރު ބައްދަލުވެ ދެއްކެވި ވާހަކައަކީ ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަވުމާއި، ބަސް ކުރިއެރުވުމަށް މަސައްކަތް ނުކުރެވޭ ކަމުގެ ކަންބޮޑުވުންތައް ކަމަށެވެ. ނަމަވެސް މިއަދު ބާރާއި ހައިސިއްޔަތެއް ލިބުމާއި އެކު ވާހަކަ ތަފާތުވާން ޖެހޭ ސަބަބާއި މެދު ސުވާލު އުފެއްދި އެވެ.
“އިކްރާމަކީ ދިވެހިބަހުގެ ކުރިއެރުމަށް ޓަކައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އިކްރާމް ޓްރާންސްޕޯޓުގައި ހުންނެވި ދުވަސްވަރާއި އޭގެ ފަހުން މަޖިލީހަށް ވަޑައިގަތުމާ ދެމެދު ހުންނެވި ހުންނެވުމުގައި ދެތިން ފަހަރަކު ދިމާވެ ވާހަކަ ދެކެވުނެވެ. އޭރު ދެއްކެވި ވާހަކަފުޅުތަކުގެ މައުޒޫއަކީ ދިވެހި ބަސް ދިރުވާން ކުރަން ޖެހޭ މަސައްކަތްތަކުގެ މުހިންމުކަމެވެ. ގައުމީ ބަހުގެ މުހިންމު ކަމެވެ. އޭރު އިކްރާމްގެ ގައުމީ މާ ބޮޑު ބާރުވެރިކަމެއް ނުވަތަ އެފަދަ ހައިސިއްޔަތެއް ނެތެވެ.. އެކަމަކު މިއަދު ބަސްފުޅު ވިދާޅުވެ ތަންފީޒުކުރެއްވޭނޭ ހައިސިއްޔަތު ލިބިވަޑައިގަތުމުން ދައްކަވާ ވާހަކަފުޅު މުޅީން ތަފާތެވެ” އަޝްރަފު ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ މިއީ ވަރިހަމަ ނުކުރެވޭނެ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށެވެ. މިފަދަ ބަދަލުތަކެއް ގެނައުމުން އޭގެ ނަތީޖާއަކީ ކޮބައިކަމާއި މެދު މެމްބަރު އެއްވެސް މިންވަރަކަށް ވިސްނާލިތޯ އޭނާ ސުވާލު އުފެއްދި އެވެ. އަދި އަމިއްލަވަންތަކަން ނަގައިލައި ހޯދޭނެ ކުރިއެރުމެއް ނޯންނާނެކަމަށް ވިދާޅުވި އެވެ. އެހެން ކަމުން ބަހަށް ލޮތްބެއް ނެތް މީހެއްގެ ވަތަނަށް ވެސް ލޮތްބެއް ނުހުންނާނެކަމަށް އަޝްރަފް ވަނީ ވިދާޅުވެފަ އެވެ.

އިކްރާމަކީ މީގެ ކުރިން ވެސް ސިޔާސީ ބައެއް ސަބަބުތަކާއި ހެދި ވެސް ފާޑުކިއުންތައް އަމާޒުވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: