ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއަޕާސަންގެ ގޮތުގައި ބޭނުމީ ތެދުވެރި، ތާހިރު ކެންޑިޑޭޓްއެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަޕާސަންގެ މަގާމަށް ތެދުވެރި އަދި ތާހިރު ކެންޑިޑޭޓްއެށް އިންތިހާބުވުން ވަރަށް މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި މެދު ވާހަކަދައްކަވަމުން އިންޑިއާގެ ނޫހަކަށް ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނު ވެސް ވަކި ފަރާތަކަށް ތާއީދު ކުރާކަމަށް ބުނެފައިނުވާނެކަމަށެވެ. ނަމަވެސް އެމަނިކުފާނާއި ރައީސް ސޯލިހުވެސް އިންތިހާބު ކުރައްވަން ބޭނުންފުޅުވާ ފަރާތެއް ވާކަން ސާފުކަމަށާއި ފެނިވަޑައިގަންނަ ގޮތުގައި އިންތިހާބުގައި ތެދުވެރި އަދި ތާހިރު ކެންޑިޑޭޓްއެއް އެޕާޓީގެ ޗެއާރޕާސަންގެ މަގާމަށް އިންތިހާބުކުރުން މުހިއްމުކަމަށެވެ.

”ރައީސުލް ޖުމުހޫރައްޔާ ދުވަހަކުވެސް ވިދާޅެއްނުވޭ އެއްވެސް ކެނޑިޑޭޓް އަކަށް ތާއީދު ކުރަށްވާ ވާހަކަފުޅެއް، ނެތް ވިދާޅުވެފައިއެއް ދުވަހަކުވެސް، އަދި އަޅުގަންޑުވެސް ނުބުނަން ވަކިފަރާތަކަށް ތާއީދުކުރާ ވާހަކައެއް“ ނަޝީދު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިއާއި އަޑުގަދަވެފައިވާ ވަރު ފާހަގަކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެގެ ކޮންމެ ރަށަކަށް ނަޒަރު ހިންގައިލިއަސް ފެނިގެންދާނީ އެ ޕާޓީގެ ނިޝާން ޖަހައިފައިވާ ރީނދޫ ކުލައިގެ ދިދަތައް ކަމަށެވެ. އަދި އިވިގެން ދާނީވެސް އެ ޕާޓީގެ އަޑުތައްކަން ފާހަގަ ކުރަށްވައި ވިދާޅުވީ މި އިންތިހާބުގެ ވާދަވެރިކަމުގެ ތެރޭގައި މުޅިރާއްޖެ އެއްކޮށް ރީންދޫވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިދިކޮޅު ޕާޓީތަކުން ކުރަމުންދާ ކެމްޕެއިންތަކުގެ އަޑުތައް ފަނޑުވެ ކަނޑުވާލެވިއްޖެ ކަމަށެވެ.

”އަޅުގަންޑަށް ފެންނަ ގޮތުގައި ތެދުވެރި އަދި ތާހިރު ކެންޑިޑޭޓްއެއް ވަރަށް… އަޅުގަންޑަށް ހީވޭ މަޖިލީސް މެމްބަރެއް މިފަދަ މަސައްކަތެއް ކުރެއްވުން މާ ރަންގަޅުވާނެހެން ޕާޓީއަށް“ ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުއާއި އެނާގެ ގާތުން ހަރަކާތްތެރިވާ ބޭފުޅުން ތާއީދު ކުރަށްވަނީ މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށްކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ސާލިހްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ތާއީދު އޮންނެވީ ވާދަވެރި ކެންޑިޑޭޓް އިގްތިސޯދީ މިނިސްޓަރ ފައްޔާޒު އިސްމާއިލަށްކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: