ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ހުކުރު ހުތުބާގައި ގޮވާލީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް

ހުކުރު ނަމާދު ކުރުން/ ފޮޓޯ:- ދަޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް މުސްލިމަކު އެނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކުރެވިފައި ވަނީ އެއް މުސްލިމަކު އެނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތަކަށެވެ. ހުތުބާގައި ވަނީ އެއް މުސްލިމަކު އެނެއް މުސްލިމަކަށް އަދާ ކޮށްދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ފަސްކަމެއްވާކަމަށެވެ. އަދި އެހެން ރިޔާއަތެއްގައި ހައެއްކަމަށް ބަޔާންވެގެންވާކަމުގައިވެސްވެއެވެ.

އޭގެ ތެރޭގައި ވަނީ ބައްދަލުވެއްޖެނަމަ ސަލާން ކުރުމާއި، ދައުވަތެއް ދީފިނަމަ ގަބޫލުކުރުން އަދި ކިބިއްސެއް އެޅިއްޖެ ހިދު މާތް ﷲ އަށް ހަމްދު ކޮށްފިނަމަ، އޭނާއަށްޓަކައި ހެޔޮ ދުއާކުރުމެވެ. އަދި އޭގެ އިތުރުން ބަލިވެއްޖެނަމަ މުސްލިމު އަހާއަށް ޒިޔާރާތް ކުރުމާއި އަދި ދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒަގައިގަ ބައިވެރިވުންވެސް ހިމެނެއެވެ. ހުތުބާގައި ވަނީ މި ހައްގުތައް އެއް މުސްލިމަކު އެނެއް މުސްލިމަކަށްޓަަކައި އަދާކުރުމަށް ގޮވާލާފައެވެ. އަދި މީގެ އިތުރުން ރަސޫލާގެ ހަދީޘްތަކުގައި ބަޔާން ކުރައްވާފައިވާ ހައްޤުތަކަކީ އެއްވެސް މުސްލިމަކު ދޫކޮށްލައިގެންވާނެ ހައްގުތަކެއް ނޫންކަމުގައި ހުތުބާގައިވެއެވެ.

ހައްޤުތަކުގެ ތެރޭގައިވާ ސަލާމްކުރުމުގެ ބަދަލުގައި ދެވޭ ޖަވާބަކީ މުޖުތަމައުއަށް އަދި އެމީހަކަށް އަމާންކަން ލިބިގެންވާކަމުގެ މެސެޖެއްކަމާއި، ސަލާމަކީ ތިމާގެ ފަރާތުން އެނެކާއަށް އެއްވެސް އުދަގުލެއް ތުރާލެއް ލިބިގެން ނުދާނެކަމުގެ މައްޗަށް ވެވޭ އަހުދެއްކަމުގައި ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ސަލާމް ކުރުމަކީ މާތް ﷲ ކީރިތި ޤުރުއާނުގައި ވަސިއްޔަތް ކުރައްވާ އަމުރުކުރައްވާފައިވާ ކަމެއްކަމުގައިވެއެވެ. އަދި މިއީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިންވާ ކަމެއްކަމުގައި ކީރިތި ރަސޫލާ ﷺ ވެސް ހަދީޘް ކުރައްވާފައިވެއެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި ހުތުބާގައި ފާހަގަކުރެވިގެން ގޮސްފައިވަނީ ސަލާމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަމާއި، އެކުވެރިކަމުގެ އިތުރުން އެއްބައިވަންތަކަމުގެ ސިފަ އާލާވެގެންދިޔުމެވެ.

މުޖްތަމައުގެ ގުޅުން އާލާވާނެ އަނެއްކަމެއްގެ ގޮތުގައި ހުތުބާގައި ފާހަގަކޮށްފައިވަނީ އެކަކު އެނެކަކަށް ޒިޔާރާތް ކުރުމާއި ހިތާމާތަށް އަދި އުފާތަކުގައި ބައިވެރިވުމެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ހިތުބާގައި ފާހަގަކުރެވިގެން ދިޔައެވެ. އަދި ތިމާއަށް ދައުވަތެއް ލިބިއްޖެނަމަ ދައުވަތުދޭ މީހާއަކީ ކޮންމެ ފެންވަރެއްގެ މީހެއްކަމުގައިވީ ނަމަވެސް ރަސޫލާ އިޖާބަ ދެއްވާކަމާއި، އަދި އެ ދައުވަތުން ދެވުނީ، ކިތައްމެ ކުޑަ ކާއެތިކޮޅެއް ނަމަވެސް އެކަލޭގެފާނު އިޖާބަ ދެއްވާކަމުގައިވެއެވެ. އަދި އެކަލޭގެފާނު ވަނީ މީހާގެ މަގާމަށް ބެލުމެއް ނެތި އެމީހާދޭ ދައުވަތަކަށް އިޖާބަ ދިނުމަށް އިރުޝާދު ދެއްވާފައެވެ. ކާވެނީގެ ވަލީމާއެއް ނަމަ އަވަހަށް އިޖާބަ ދެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދީނުގައި ވަނީ ގޮވާލާފައިކަން ހުތުބާގައިވެއެވެ.

މީގެ އިތުރަށް މުޖްތަމައުގެ އަފްރާދުން އެއް ބަޔަކު އަނެއް ބަޔަކަށް ނަސޭހަތްތެރިވުމަށާއި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގައި ފަސް ޖެހިގެން ނުވާނެކަމަށްވެސް ހުތުބާގައިވެއެވެ. އަދި އެފަދަ ފަރާތްތަކުން ދެއްވާ ހެޔޮ ނަސޭހަތް ގަބޫލުކުރުމަށް ފަސްނުޖެހި ލަދު ނުގަނުމަށާއި މިއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ދީނީ ހައްްޤެއްގެ ގޮތުގައިވާކަމަށް ހުތުބާގައި ފާހަގަކުރެވިގެންދިޔައެވެ.

ހެޔޮކަމެއްގެއް ގޮތުގައި ބަލި މީހުންނަށް ޒިޔާރާތް ކުރުުން އިސްލާމް ދީނުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާކަމަށާ، ބަލި މީހާ އޮތީ ހޮސްޕިޓަލް ނުވަތަ ގޭގައި ކަމުގައިވިޔަސް މިކަމުގައި ތަފާތެއް ނެތްކަމުގައިވެއެވެ. އަދި މިފަދައިން ބަލިމީހައަށް ޒިޔާރާތް ކުރުމުގެ ސަބަބުން ބަލިމީހާގެ މަޢުނަވީ ރޫހު އިތުރުވެގެންދާކަމަށްވެސް ހުތުބާގައިވެއެވެ. އަދި ބަލިމީހުނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް އަދާކުރުމަށް ފަރުވާ ކުޑަ ކުރާ މީހުން ހިމެނެނީ މާތް ﷲ ރުހިވޮޑިގެންނުވާ މީހުންގެ ތެރޭގައިކަމަށާއި ބަލި މީހާއަށް ޒިޔާރާތްކޮށް ހަދާ މީހާއާއިއެކު މާތް ﷲ ވޮޑިގެންވާނެކަމުގައިވެސްވެއެވެ.

ހުތުބާގައި ވަސިއްޔަތް ކުރެވިގެންދިޔައީ މާތް ﷲ އަށް ތަގުވާވެރިވުމަށެވެ. އަދި އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދަމެހެއްޓުމަށް ބާރު އަޅާ ދީނެއްކަމަށާއި އެ ލޯތްބާއި ގުޅުން އޮންނަންވާނީ ހަމައެކަނި ދިރިއުޅުމުގެ ހަޔާތުގައި ނޫންކަން ވަނީ ހުތުބާގެ ތެރޭގައި ހަދުމަކޮށްދެއްވާފައެވެ.

ދިރިހުރިއިރު އޮތް ގުޅުންތަކާއި ހައްޤުތައް، މަރުވުމަށްފަހުގެ ވެސް ދަމަހައްޓަން ޖެހޭނެކަމަށާއި އެހައްގުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި، ކަށު ނަމާދުގައި ބައިވެރިވުމާއި މައްޔިތާ ވަޅުލުމުގެ ކަންތައްތަތަކުގައި ބައިވެރިވުމާއި މައްޔިތާއަށް ހެޔޮ ދުއާކުރުމަށްވެސް ހުތުބާގައިވަނީ ގޮވާލާފައެވެ. އަދި ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވުނު ރަސޫލާއަށް ސަަވާތާއި ސަލާމް ލެއްވުމަށް އެދި ދުއާކުރުމަށްވެސް ހުތުބާގައި ގޮވާލެވިގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: