ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަ ނެލްސަން މަންޑޭލާ ރޫލްސް ގެ ރިފްރެޝަރ ޕްރޮގްރާމެއް މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރުންނަށް ހިންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޔޫއެންއޯޑީސީއާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ހިންގި “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ޓްރޭނިންގ ޕްރޮގްރާމްގެ ރިފްރެޝަރ ޕްރޮގްރާމެއް އިއްޔެ މާފުށީ ޖަލުގައި ހިންގައިފިއެވެ.

ރިފްރެޝަރ ޕްރޮގްރާމްގެ މި ބެޗްގައި ބައިވެރިވެފައި ވަނީ މާފުށީ ޖަލުގެ 20 ޕްރިޒަން އޮފިސަރުންނެވެ. މިއީ މިގޮތުން ހިންގޭ ތިން ވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.

މިގޮތުން ހުރިހާ ޕްރިޒަން އޮފިސަރުންނަކީ ދަ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި ކުރެވިފައިވާ އޮފިސަރުންނަށް ހެދުމުގެ ގޮތުން 2020 ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގި “ދަ ނެލްސަން މަންޑޭލާ ރޫލްސް” ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމްއިން 14 އޮފިސަރުން ވަނީ ޓްރޭނަރސްގެ ގޮތުގައި ޓްރޭންކުރެވިފައެވެ. އަދި މާފުށީ ޖަލުގެ އޮފިސަރުންނަށް ރިފްރެޝަރ ޓްރޭނިންގ ކުރިއަށް ގެންގޮސްފައިވަނީ ޓީއޯޓީ ފުރިހަމަކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން ޕްރިޒަން ސާރްޖެންޓް ފާތިމަތު ޒޫނާ އާއި ޕްރިޒަން ސާރޖެންޓް އާދަމް ޒާހިދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: