ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށި ޖަލު މަތިން ޑްރޯން ދުއްވާ، ޕެރަސެއިލް ކުރުން މަނާކޮށްފި

މާފުށި ޖަލު ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށި ޖަލު ހިމެނޭ ސަރަހައްދު މަތިން ޑްރޯން ދުއްވުން އަދި ޕެރަސެއިލިންގް މަނާކޮށް، އެ ސަރަހައްދުގެ އައްސޭރިފަށުން ވޯޓަރސްޕޯޓްސްއަށް ބޭނުންކުރާ އުޅަނދުތައް ދުއްވުމާއި ގާތްކުރުންވެސް މަނާކޮށްފި.

މާފުށި ޖަލު ހިމެނޭ ސަރަހައްދުގެ މަތިން ޑްރޯން ދުއްވުން އަދި ޕެރަސެއިލް ކުރުމުގެ ޝަކުވާތަކާއި މޫދުގެ އައްސޭރިފަށުން ޖެޓްސްކީފަދަ އުޅަނދުތައް ބޭނުން ކުރުމުގެ ޝަކުވާތައް ލިބުމާއި ގުޅިގެން މާފުށި ކައުންސިލުންވަނީ ބަޔާނެއް ނެރިފައިއެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ވާގޮތުން އެ ރަށުގައި ޖަލު ހިމެނޭ ސަރަހައްދަކީ ހާއްސަ ހުއްދަތަކަކާއި އެކުގައި ނޫންގޮތަކަށް ވަދެ ނުކުމެ ހެދޭ ސަރަހައްދެއް ނޫނެވެ. އަދި ޖަލުގައި ތިބޭ ގައިދީންނާއި ބަނދުގައި ތިބޭ ފަރާތްތަކުގެ އިތުރުން ތަނުގައި ހިނގާ ހަރަކާތްތައް ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމާއި، ފޮޓޯއާއި ވީޑިއޯ ނަގާ ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ ފުރުސަތުވެސް އޮތުމުގެ އިތުރުން އެކަން ކަމުގެ ސަބަބުން ވެއްދުން މަނާތަކެތި އުކުން ނުވަތަ ވައްޓާލުމުގެ ފުރުސަތު ފަހިވެފަހިވާތީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައިގެންދާކަަމަށް ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ލިބިފައިވާ ޝަކުވާތަކާއި، އެކަމުގެ ސަބަބުން ޖަލުގެ ރައްކައުތެރިކަމާއި ސަލާމަތަށް އަސަރުތަކެއް ކުރާކަމަށް ބުނެ މާފުށި ކައުންސިލުން ބުނެފައިވާގޮތުން، އެފަދަ ހުރިހާ އަމަލެއް ވަނީ ޖޫން ފަސްވަނަ ދުވަހުން ފެށިގެން މަނާކުރެވިފައިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: