ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރު: ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަކަށް!

ގާސިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުހައްމަދު: ފޮޓޯ/ ވަގުތު އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމް ކުޑަކޮށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ކުށަށް އިއުތިރާފުވެ، އޭގެ ފަހުން އިންކާރުކޮށް އަނެއްކާވެސް ކުށަށް އިއުތިރާފުވި އަދުހަމް މުހައްމަދާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިންމާލައިފި އެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނުނީ 2019، ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ އެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައި އޮއްވައި ގާސިމް ފެނިފައި ވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސް މަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ގާސިމްގެ މަރަށް ތިން އަހަރުވެގެން ދިޔައިރު މި މައްސަލައިގައި އަދި އާދެވިފައި ވަނީ ހެކި ބަސް ނެގުމުގެ މަރުހަލާއާއި ހަމައަށެވެ. މިއަދު މައްސަލައިގައި ބޭއްވި އަޑުއެހުމުގައި، ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާއި ބެހޭ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ހެކި ބަސް ދިނެވެ.

އިތުރު ދެ މީހެއްގެ ހެކި ބަސް ނެގުމަށް ހަމަޖެހިފައި އޮތް ނަމަވެސް ކޯޓަށް ހާޒިރުވާ ގޮތަށް ހަމަޖެހިފައި އޮތް ފުލުސް އޮފިސަރަކު ރާއްޖެއިން ބޭރުގައި ހުރުމުންނާއި، އާއްމުންގެ ތެރެއިން ހެކި ބަސް ދޭން ދައުލަތުން ހުށަހެޅި ދެ މީހުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ އެ މަރުހަލާ ކުރިޔަށް ނުގެންދެވުނެވެ. އެހެންވެ ދައުލަތުން ވެސް އެދުނީ ހެކި ބަސް ނެގުމުގެ މަރުހަލާ ނިންމައި، ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި ފެށުމަށެވެ.

ގާޒީ ނަދީމް ވިދާޅުވީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރަތަމަ އަޑުއެހުން އަންނަ މަހަށް ތާވަލު ކުރައްވާނެ ކަމަށެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދީފައިވެއެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.

އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދިން ރޭ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އެއީ ގަސްތު މަރެއް ނޫންކަމަށް އަދުހަމް ބުންޏެވެ. އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދެވުނީ ފޭރެން މަސައްކަތް ކުރުމުން އޭނާ އެހީއަށް އެދި ހަޅޭއްލަވައި ހިފެހެއްޓުމުން ސަލާމާތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

ނޫސްވެރިންގެ ވެސް ހާޒިރުގައި އަދުހުމަ ބުނީ އެރޭ ގާސިމަށް ހަމަލާ ދެވުމުން، އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ދުވެފައި ދަނިކޮށް ޖީބުގައި އޮތް ވަޅި ވެއްޓުނު ކަމަށެވެ. ބޯކޮށް ވާރޭ ވެހި މަގުމަތީ ހެދިފައި އޮތް ފެންގަނޑަކުން އަތާއި މޫނު ދޮވެ ރައްޓެއްސެއްގެ ގެއަށް ގަމީހެއް ހޯދައި ދެން މާލެ އައިސް ދިޔައީ ގެއަށްކަމަށް އަދުހަމް ކިޔައިދިނެވެ. އަދި އެ ހާދިސާއަށް ފަހު ފިލަން މަސައްކަތް ނުކުރާ ކަމަށާއި، އެއީ ފުލުހުންނަށް އޭނާ އަތުވާނެކަން އެނގޭތީ ކަމަށް އަދުހަމް ބުންޏެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: